މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ވަނީ އިތުރުވެފަ-އެޗްޕީއޭ

މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ވަނީ އިތުރުވެފަ-އެޗްޕީއޭ

ގުޅުންހުރި

މިދިޔަ އޭޕްރީލް މަހަށް ބަލާއިރު އަރިދަފުސް ރޯގާ އިތުރުވެފައިވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފއިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން މާރިޗް މަހުގައި 37،969 ކޭސް، އޭޕްރީލް މަހުގައި 29،970 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރުގެ މާރިޗު މަހުގައި 14،399 ކޭސް، 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައި 12،978 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އެޕްރީލް މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ.

އިންފްލުއެންޒާއަށް އަލިއަޅުވާލައި އެޗްޕީއޭއިން ބުނީ މި އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އެޕްރީލް މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ. މިއަހަރު މިހާތަނަށް ޓެސްޓް ކުރެވުނު 609 ސާމްޕަލްގެ ތެރެއިން 75 ސާމްޕަލްވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރިޗު މަހުގައި އިންފްލުއެންޒާއަށް 167 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އަދި 27 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. މިއަހަރުގެ އޭޕްރީލް މަހުގައި 196 ސާމްޕަލެއް ޓެސްޓްކޮށްފައިވާއިރު، 21 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ މިއަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އެޕްރީލް މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު ވެސް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މާރިޗު މަހުގައި 4042 ކޭސް، މިއަހަރުގެ އޭޕްރީލް މަހުގައި 3044 ކޭސް، ނިމިދިޔަ 2022 ވަނަ އަހަރުގެ މާރިޗު މަހުގައި 2059 ކޭސް އަދި އެ އަހަރުގެ އޭޕްރީލް މަހުގައި 1576 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި އެޕްރީލް މަހު ވައިރަލްހުން އިތުރުވެފައިވީ ނަމަވެސް ބޭރަށް ހިންގުން ލޮލުރޯގާ، ފާނަބަސަންދު އަދި ހޭންޑް ފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިނުވާކަމަށް ބުނެފައިވެއެވެ. ނަމަވެސް އަރިދަފުސް ރޯގާ އާ ކޮވިޑް ފަދަ ބަލިތަކުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތައް އެޅުމަށާއި، ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެސް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ