ޗާގޮސްގެ މައްސަލާގައި ވަކި ގައުމަކުން އެއްޗެއް ގަތްކަމަށް، އަދި ގަންނަން އުޅޭނެ ކަމަށްވެސް ގަބޫލެއް ނުކުރަން: އަލީ އާޒިމް

ޗާގޮސްގެ މައްސަލާގައި ވަކި ގައުމަކުން އެއްޗެއް ގަތްކަމަށް، އަދި ގަންނަން އުޅޭނެ ކަމަށްވެސް ގަބޫލެއް ނުކުރަން: އަލީ އާޒިމް

ޗާގޮސްގެ މައްސަލާގައި ވަކި ގައުމަކުން "އެއްޗެއް ގަތްކަމަށް" އަދި "ގަންނަން އުޅޭނެ" ކަމަށްވެސް ގަބޫލު ނުކުރައްވާނެ ކަމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

"ކަނޑު ވިއްކުމާ ދެކޮޅު" ކޯލިޝަންގެ ނަމުގައި، އިޓްލޮސްގެ ހުކުމާއި ދެކޮޅަށް ވަލާކާތު ކުރަމުންދާ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންއިން މިރޭ ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ނަޝީދު ފެކްޝަންގެ ފަރާތުން ތަމްސީލުކުރައްވާ ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތްތަކަކީ ސިޔާސީ ގޮތުން ވަރަށް ޚިޔާލު ތަފާތު ފަރާތްތަކެއް ކަމުގައެވެ.

އޭގެ ހެއްކެއްގެ ގޮތުން، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މި ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލާފައިވާކަމަށް ވިދާޅުވެ އުމަރު ނަސީރު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ އަލީ އާޒިމް ވިދާޅުވީ، ޗާގޮސްގެ މައްސަލާގައި ވަކި ގައުމަކުން "އެއްޗެއް ގަތްކަމަށް' އަދި "ގަންނަން އުޅޭނެ" ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމުގައެވެ.

އަޅުގަޑުމެން މިތާ މިތިބީ ހަގީގަތުގަ ތަފާތު ޚިޔާލުގެ ހަމަ ތަފާތު ބޭފުޅުންކަން ދެންމެވެސް އެގިގެން ހިގައްޖެ. ޚިޔާލު ތަފާތުވުން އޮތްކަމުގައިވި ނަމަވެސް، ވަރަށް މުހިންމު ވަރަށް މާތް މަގުސަދެއްގައި ހަގީގަތުގައި އަޅުގަޑުމެން އެންމެން މިއަދު މިތާ މިތިބީ. އޭގެ އެއްކަންތައް ދެންމެ އަޅުގަޑުމެންނަށް އިވިގެންދިޔަ، އުމަރު ނަސީރު ދެއްކެވި ވާހަކަައިގަ މިސާލަކަށް ވަކި ގައުމެއްގެ ވާހަކަ، އަޅުގަޑެއް ހަމަ ޔަގީނުންވެސް މިތާ ގަބޫލެއް ނުކުރާނަން ވަކި ގައުމަކުން އެއްޗެއް ގަތް ކަމަކަށް، ގަންނަން އުޅޭނެ ކަމަކަށްވެސް. އެހެންވީމަ އެހާވެސް ޚިޔާލު ތަފާތުވެފަ އޮތްނަމަވެސް އަޅުގަޑުމެން މިތާ މިތިބީ ވަރަށް މާތް މަގުސަދެއްގަ.

މިސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލާފައިވާކަމަށް ވިދާޅުވެ އުމަރު ނަސީރު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވަމުން އަލީ އާޒިމް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން "ކަނޑު ވިއްކާލުން" މި އިބާރާތް އަލީ އާޒިން ބޭނުން ކުރައްވަމުން ނުގެންދަވާތީ ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ރައްދު ދެއްވަމުން އަބުދުއްރަހީމް ވިދާޅުވީ ފިކުރެއްގެ ދިރުމާ އެހެން ޕާޓީތަކާއި، އެއީ މުޅިން އެހެން ކަމެއް ކަމަށާއި، އެކި ފިކުރުގެ ފަރާތްތަކުން ކޯލިޝަން ހެދީ މި ސަރުކާރުން ކަނޑު ވިއްކާލުމާ ދެކޮޅަށް ކަމަށެވެ.

ދެން ތި ވިދާޅުވަނީ އަލީ އާޒިމް ކަނޑު ވިއްކާލި ބަސް ބޭނުން ނުކުރައްވައޭ. ނޫން ބޭނުން ކުރައްވާ އިނގޭތޯ! އަޅުގަނޑު އަލީ އާޒިމްގެ ހުއްދައާއެކީގަ ދަންނަވާލާނަން، އަޅުގަަޑުމެން މި ކޮމިޓީން އިއްތިހާދުގެ ނަމެއް ކަނޑައަޅަން ވެގެން އެކި ބޭފުޅުން އެކި ނަންނަން ހުށަހަޅަމުން އައިސް އަލީ އާޒިމް ހުށަހެޅުއްވި ނަމެއް މިއިއްތިހާދުގެ ނަމަކަށް "ކަނޑު ވިއްކާލުމާ ދެކޮޅު" އިއްތިހާދު އެއީ. އެހެންވީމަ ހަމަ އަޅުގަޑު ތިބޭފުޅުން އެންމެންގެ ހާޒިރުގައި މިދަންނަވާލީ، އަލީ އާޒިމްގެ ނަމެއް މި ނަމަކީ.

"ކަނޑު ވިއްކާލުން" މި އިބާރާތް އަލީ އާޒިމް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޭނުން ނުކުރައްވާތީ ނޫސްވެރިން ކުރި ސުވާލުތަކަށް އަބުދުއްރަހީމް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް އަބުދުއްރަހީމްގެ ޖަވާބަށްފަހު ވާހަކަ ދައްކަވަމުންވެސް، މި ސަރުކާރުން ކަނޑު ވިއްލާލާފައިވާކަމަށް އަލީ އާޒިމް ވިދާޅުވެފައެއް ނުވެއެވެ. އަލީ އާޒިމް ވިދާޅުވީ އުފެދިފައިވާ ގުޅުމަކީ ރާއްޖޭގެ ކަނޑުން "ގެއްލުނު ބައި" ހޯދުމަށް ކަމަށެވެ. އަދި އުފެދިފައިވާ ގުޅުމުގެ އަސްލަކީވެސް އެއީކަމުގައި އަލީ އާޒިމް ވިދާޅުވެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޢިންޑިއާއާ ދެކޮޅު އެއްޗެއް ބުނާކަށް ނުކެރޭނެތާ އާޒިމަކަށްވެސް އިންޑިއަން ހައިކޮމިޝަނަރއާއެކީ ސަފާރީގައި ރާފުޅިކުރިމަތީގައި ބަހައްޓައިގެން ތިއްބަވާ ބޭގުޅުންގެ ތެރޭގައި ހިމެނޭ މީހެއް ވިއްޔަ ތިޔަ އާޒިމަކީވެސް.

Leave a Reply

Your email address will not be published. Required fields are marked *