ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރު އަޖޭ ދޭވްގަން މިހާތަނަށް އަދި ކުޅެފައި ނުވާކަހަލަ ޖޯންރާއެއްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
އަންނަ މަހުގެތެރޭ ޝޫޓިން ފަށާ މި ފިލްމަކީ ޑައިރެކްޓަރު އަބީޝެކް ޕަތަކާއި އޭނަގެ ބައްޕަ ކުމާރު މަންގަތު ޕަތަކްގެ އިތުރުން އަޖޭ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ގޮތަށް ހަދަން ނިންމާފައިވާ ސުޕްނެޗުރަލް ފިލްމްއެކެވެ.
އަބިޝެކް އާއި އެކުގައި އަޖޭ މަސައްކަތް ކުރި ފިލްމް އަދި މިދިއަ އަހަރު ރިލިޒް ކުރި "ދްރިޝްޔަމް 2″ ވެގެން ގޮސްފައިވަނި އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމް ތަކުގެ ލިސްޓުން ޖާގަ ހޯދި ފިލްމް އަކަށެވެ.
އެހެން ކަމުން އަޖޭ އާއި އަބިޝޭކް އެކުގައި ކުރާ މި މަސައްކަތްވެސް ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތެވެ. ފިލްމް އާއި ބެހޭގޮތުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. އަދި ފިލްމް ގެ ނަމަވެސް ވެސް ހާމައެއް ނުކުރެއެވެ.
މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މިދިޔަ އަހަރު އަމީތާބް ބައްޗަންގެ "ގުޑްބާއި" ގެނެސްދިން ވިކާސް ބާލް އެވެ. މީ އަޖޭ އާއި އެކު ވިކާސް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. މި ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ މުމްބާއީގެ އިތުރުން މުސޯރީ އަދި އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.
ކޮމެންޓު ފޮނުވާ