ބަތަލާ ޝިވާންގީ ޖޯޝީ ރާއްޖޭގެ ކަނޑިންމަ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ޝިވާންގީ ޗުއްޓީ ހޭދަ ކުރަނީ އޭނާގެ ދައްތަ ޝީތަލައާއެކު ރާއްޖޭގެ ކަނޑިމަ މޯލްޑިވްސް ރިސޯޓުގައެވެ. ރިސޯޓް ގެ އެކި ތަންތަނުގައި ފޮޓޯ ނަގައި އޭނާ އަންނަނީ ޕޯސްޓް ކުރަމުންނެވެ.
ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން ނައިރާގެ ރޯލު ކުޅެގެން މަޝްހޫރުވި 25 އަހަރުގެ ބަތަލާ ބުނީ ރާއްޖެ އަކީ އޭނަ ވަރަށް ގަޔާވާ ކަހަލަ ތަނެއް ކަމަށެވެ.
މިހާރު އިންޑިއާގެ އެންމެ މަޝްހޫރު ޒުވާން ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝިވާންގީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކަލާސް އިން މާޗް މަހުގެ 18 ވަނަ ދުވަހުގެ ރޭ ދައްކަން ފެށި ސުޕަނެޗްރަލް ސިލްސިލާ "ބޭގާބޫ" ގެ ވަރަށް ހާއްސަ ރޯލެއް ކަމުގައި ވާ އޭގައި އޭނަ ޕަރީއެއްގެ ރޯލުންނެވެ.
ކޮމެންޓު ފޮނުވާ