ކޯވިޑް-19 ޓެސްޓަށް ސާމްޕަލް ނަގަނީ - ފޮޓޯ: ޕޮލިސް

ކޯވިޑް-19: އިތުރު 17 މީހަކު ޕޮޒިޓިވްވެ އަދަދު 13،000 އިން މައްޗަށް

ކޯވިޑް-19: އިތުރު 17 މީހަކު ޕޮޒިޓިވްވެ އަދަދު 13،000 އިން މައްޗަށް

ރާއްޖެއިން އިތުރު 17 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރޭ އިރުއޮއްސި 18:00 އިން މިރޭގެ އިރުއއްސި 18:00 އާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 15 މީހުންނާއި އަތޮޅުތަކުން 2 މީހެކެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. އެހެންކަމުން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި13،011 މީހުންގެ ތެރެއިން 11،939 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދު 14 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ބައްޔަށް ޓެސްޓްކުރުމަށް ނެގި 1،499 ސާމްޕަލުންނެވެ. އަދި ޖުމްލަ 244،621 ސާމްޕަލެއް ކޯވިޑް-19 އަށް ޓެސްޓްކުރުމަށް މިހާތަނަށް ރާއްޖޭގައި ނަގާފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ބައްޔަށް ފަރުވާދެމުން އަންނަނީ 1،019 މީހަކަށެވެ. ހޮސްޕިޓަލުގައި މިވަގުތު 95 މީހަކަށް ފަރުވާދެމުން އަންނައިރު މިހާތަނަށް ވަނީ 46 މީހަކު މިބަލީގައި ނިޔާވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *