އދ. ކުނބުރުދޫ ބަނދަރު ފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ބަނދަރު ފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 430 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމާއި، 7,171 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
First shipment of rock boulders required for Adh. Kunburudhoo Shore Protection Project have been delivered to the project site. Dredging and reclamation operations are ongoing with 65% completion.#MTCCProjects #RayyithungeKunfuni pic.twitter.com/Ijhhk469Ut
— MTCC Plc (@MTCCPlc) May 7, 2023
އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 21.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.