ޕީޕީއެމްގެ އިސްބޭފުޅުން ޗާގޮސްގެ މައްސަލާގައި އުމަރު ނަސީރާއި ބައްދަލު ކޮށްފި

ޕީޕީއެމްގެ އިސްބޭފުޅުން ޗާގޮސްގެ މައްސަލާގައި އުމަރު ނަސީރާއި ބައްދަލު ކޮށްފި

Author
ހުސެއިން
06 މެއި 2023 08:27
0

ޕީޕިއެމްގެ އިސް ބޭފުޅުން، ޗާގޮސްގެ މައްސަލާގައ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ އުމަރު ނަސީރުގެ އޮފީހުގައެވެ. މިބައްދަލުވުމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމާއި، ޝިޔާމްއާއި، ތޯރިގު ބައިވެރިވެފައިވެއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން އެއްވެސް ތަފްސީލެއް މިހާތަނަށް އެއްވެސް ފަރާތްތަކުން ހާމަކޮށްފައި ނުވެއެވެ. ސަރުކާރާއި އިދިކޮޅު ފަރަތްތަކުން ވަނީ ޗާގޯސް މައްސާލައި ދާދިފަހުން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މިބައްދަލުވުމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއެމްގެ އިތުރުން އެމްޑީޕީއާއި ޚިޔާލު ތަފާތުވެފައިވާ ނަޝީދުގެ ފިކުރެއްގެ ދިރުމުންނާއި އަދި އެމްއެންޕީންވެސް ވަނީ ބައިވެރި ވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު، އިދިކޮޅު ޕީޕީއެމްއިން ނިންމާފައިވަނީ އެޕާޓީން ވާދަކުރަނީ ރައީސް ޔާމީންކަމަށެވެ. އެމްއެންޕީން ނާޒިމް ވާދަ ކުރައްވާއިރު، ޖޭޕީން ޤާސިމް ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރު ވަމުންދާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ވާދަވެރިކަން ބޮޑު އިންތިޚާބަކަށް ވެގެންދާނެކަމަށް ބެލެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޭލާ
ބޮޑު މުޒާހަރާއެއް ޖައްސަން ރެޑީވަނީ.؟! އިންޓެލިޖެންސް ޓީމްތަކުން ތައްޔާރުވޭ. މިކަން މައިތިރި ކުރަން.