ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެކަން ކުރިއަށް ނުދަނީ އެއީ ހަމައެކަނި ވޯޓު ހޯދުމަށް ދެއްކި ވާހައަކަށް ވަތީކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެެއްޖެއެވެ.
ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. ވެރިކަމުގެ ދައުރު މިމުމަށް 4 މަހަށް ވެފައިވާއިރު މިހާތަނަށްވެސް ޖޭއެސްސީ އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިނުވެއެވެ. މިކަމާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވިދާޅުވީ ބިލް މިހާރު އޮތީ ކޮމެޓީ މަރުހަލާގައި ކަމަށެވެ.
ނަމަވެސް މިބިލަކީ އަދި މަޖިލީހަށްވެސް ހުށަހަޅާފައިވާ ބިލަކަށް ނުވާއިރު ބިލް މަޖިލީހަށް ނުފޮނުވާކަން ނޫސްވެރިން ފަހުން ރައީސް އޮފީހުގެ ވައިބާ ގްރޫޕްގައި ލިޔުމުން މިއުވާން ވަނީ އެއީ އޮޅުމަކުން ދެންނެވުނު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.
މިއުވާންގެ ވާހަތަކާއި ގުޅިގެން މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމަކީ މިސަރުކާރުން ވީ ބޮޑު ވައުދެއް ނަމަވެސް އެވައުދަކީ ވޯޓު ހޯދަން ވީ ވައުދެއް ކަމަށެވެ. މިހާތަނަށް އައިއިރުވެސް މިވައުދު ފުއްދުމަށް އެއްވެސް ކަމެއް ނުކުރާކަމީ މިކަމުގައި ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން ހާމަވާ ކަމެއްކަމަށް ޖުޑީޝަރީ ކޮމެޓީގައިވެސް އިންނަވާ މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލަވާލެވިފައިވާގޮތް ބަދަލުކޮށް ޝަރުއީ ނިޒާމް އިސްލާޙު ކުރުމުގެވާހަކަ ދެއްކީ ހަމައެކަނި ވޯޓު ހޯދަން. ހެޔޮނިޔަތުގެ އަސަރެއްވެސް މި ސަރުކާރަކުން މިހާރަކު ނުފެނޭ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖަޢާކޮށް، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަކީ، ޝަރުޢީދާއިރާ އިސްލާޙުކުރުމަށް މިސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ޖޭއެސްސީއަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތް މިނިވަން ތަނަކަށް ހެދުންކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.
2 Responses
ސޮޔާސީގޮގުން މިބެފުޅާވެސް މިހުރީ މަކުޑި ނެއްޓިފަ.
ޢެކަން އެނގިހުރެ ކަލޯވެސް އެކަމުގަ ބައިވެރިވެ އޭރު ހަޅޭއްލެވީދޯ