ޢުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ ރ. އަލިފުށީ ޖަމީލާ މަހްމޫދެވެ. އޭނާ ނިޔާވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ ކިހިނެއްވެގެން ކަން ސާފެއް ނުވެއެވެ.
މީގެ ކުރިން މިދިޔަ އޭޕްރިލް މަސް ތެރޭގައިވެސް ވަނީ އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެފައެވެ. އޭޕްރިލް 26 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވީ އުމުރުން 83 އަހަރުގެ ފިރިހެނެކެވެ.
މީގެ އިތުރުން، މިދިޔަ މާރިޗް މަސް ތެރޭގައި އާއި ޖެނުއަރީ މަސް ތެރޭގައިވެސް އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ