މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި

މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
01 މެއި 2023 11:32
0

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

މެމްބަރު ޒަރީރު ގެންދަވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އޭޑީކޭގައި ފަރުވާ ހޯދަމުންނެވެ. އޭނާއަށް ހަމަލާ ދީފައިވަނީ ރޭ ފަތިހު 5 ޖަހާކަންހާއިރު ޓީވީއެމް ކައިރީގައި އިންނަ ހަބީބީ ކެފޭ ރެސްޓޯރެންޓުގައި އިންނަވަނިކޮށެވެ.

ތޫނު އެއްޗަކުން ހަމަލާ ދިނުމުން ލިބުނު އަނިޔާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

ހަބީބީ ރެސްޓޯރެންޓަކީ މެމްބަރު ޒަރީރާއި، މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އާންމުކޮށް ގޮސް އުޅޭ ކެފޭއެކެވެ. އެތަނަކީ ސީޝާ ބުއިމާއި، ހަފްތާ ބަންދުގައި ޑީޖޭވެސް އޮންނަ ކެފޭއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.