ފިލްމުފެއާ އެވޯޑްސްގެ މޮޅު ބަތަލާ އަކަށް އާލިއާ، ބަތަލުއަކީ ރާޖްކުމާރު ރާއޯ

ފިލްމުފެއާ އެވޯޑްސްގެ މޮޅު ބަތަލާ އަކަށް އާލިއާ، ބަތަލުއަކީ ރާޖްކުމާރު ރާއޯ

Author
ފާތިމަތު ނާވީ
01 މެއި 2023 09:16
0

މި އަހަަރުގެ 68 ވަނަ ފިލްމްފެއާ އެވޯޑު ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑްތަށް އޭގެ ހައްގުވެރިންނަށް ދީފިއެވެ.

މިއަހަރުގެ ފިލްމްފެއާ ބާއްވާފައި ވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ ޖިއޯ ކޮންވެންޝަން ސެންޓަރުގައިއެވެ. މިދިއަ އާދިއްތަ ދުވަހުގައި ބޭއްވި މި ބޮޑު ހަފްލާގެ ހޯސްޓަކީ ސަލްމާން ހާންއެވެ. ފިލްމްފެއާއިން އެވޯޑްތަށް ހާސިލް ކޮށްފައިވަނީ:

ފިލްމް "ގަންގޫބާއީ ކަތިއަވާޅީ" އިން އެންމެ މޮޅު އެކްޓަރެސްގެ އެވޯޑް އާލިއާ ބަޓް

ފިލްމް "ބަދާއި ދޯ" އިން ރާޖްކުމާރު ރާއޯ

ފިލްމް "ޖުގް ޖުގް ޖީޔޯ" އިން ބެސްޓް އެކްޓަ އިން ސަޕޯޓިން ރޯލް އިން އަނިލް ކަޕޫރު

ފިލްމް "ބަދާއީ ދޯ" އިން ބެސް އެކްޓްރެސް އިން ސަޕޯޓިން ރޯލް އިން ޝީބާ ޗައްދާ

އެންމެ މޮޅު ޕްލޭބެކް ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު "ކޭސަރިޔާ" ލަވައިން އަރިޖިތް ސިންހް

އެންމެ މޮޅު އަންހެން ޕްލޭބެކް ލަވަކިޔުންތެރިޔާގެ އެވޯޑު "ރަންގިސަރީ" ލަވައިން ކަވީތާ ސެތް

އިތުރު އެވޯޑް ތަކަށް ބަލައިލާއިރުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހޯދީ ޕްރޭމް ޗޯޕްޅާއެވެ. އަދި މޮޅު އާ ޑައިރެކްޓަރަކަށް ޖަސްޕަލް ސިންގް ސަންދޫ/ރަޖީވް ބަރްންވަލް (ވަދު) ވަނީ އެވޯޑް ހޯދައިފައިއެވެ.

މީގެ އިތުރުން "ބަދާއީ ދޯ" އަށް ލިބުނު އެހެން އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑާއި އެންމެ މޮޅު ވާހަކައިގެ އެވޯޑު ހިމެނެ އެވެ. އަދި ބެސްޓް ފިލްމް ގެ އެވޯޑް ހާސިލު ކުރީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި" ފިލްމުން ވަނީ ޝަރަފްވެރި ގިނަ އެވޯޑުތަކަކާ އެކު ޖުމްލަ 10 އެވޯޑެއް ހާސިލްކޮށްފަ އެވެ. އޭގެތެރޭގައި، ސަންޖޭ އަށް ލިބުނު "ބެސްޓް ޑައިރެކްޓަރު" އެވޯޑާއި ފިލްމުގެ ލީޑު އާލިއާ ބަޓް ކާމިޔާބުކުރި "ބެސްޓް އެކްޓްރެސް" ގެ ރޯލު ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.