ބަތަލާ ޖިއާ ޚާން ދަންޖެހިގެން މަރުވި މައްސަލާގައި އެ މަރުގެ ތުހުމަތު ކުރެވުނު އެކްޓަރު ސޫރަޖް ޕަންޗޯލީ އެ މައްސަލައިން ސަލާމަތްވެއްޖެ އެވެ.
މީގެ 10 އަހަރު ކުރިން ބަތަލާ ޖިއާ ހާން ދަންޖެހިގެން މަރުވުމުން އެކަމުގެ ތުހުމަތު އެޅުނީ ސޫރަޖް ގެ ބޮލުގައިއެވެ. އޭރު އެދެމީހުން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.
ނަމަވެސް ޖިއާ އަމިއްލައަށް މަރުވި މައްސަލާގައި ސޫރަޖް ޕަންޗޯލީއާ ދެކޮޅަށް ހެކި ނެތް ކަަމަށް ސީބީއައިގެ ހާއްސަ ކޯޓުން ވަނީ ފާހަގަކޮށްފައިއެވެ. ޖިއާގެ މަރުގައި ސޫރަޖް އެއްވެސް އަތެއް ނެތް ކަމަށް ނިންމައި އޭނަ އަކީ މައުސޫމް މީހެއް ކަމަށް މުމްބާއީ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މިކަމުގެ އުފަލުގައި ސޫރަޖް ވަނީ ސޯޝަލް މީޑިއާ އަށް ޕޯސްޓެއް ދޫކޮށްލައިފައިއެވެ. އޭގައި އޭނާ ބުނެފައިވަނީ އަބަދުވެސް ހައްގައް ނަސްރު ލިބޭނެ ކަމަށެެވެ. އަދި ކުށެއް ނެއްކަން ސާބިތު ވުމުން ޝުކުރުވެސް ވަނި އަދާކޮށްފައިއެވެ.
ޖިއާ މަރުވެފައި އޮއްވާ ފެނިފައި ވަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު މުމްބާއީގެ ޖޫހޫގައި އޭނާ ދިރިއުޅެމުން ދިއަ އެޕާޓުމެންޓުގައިއެވެ. އޭނާ މަރުވީ އަމިއްލައަށެވެ. މަރުވި އިރު، އޭނަ އާއި ސޫރަޖް އުޅުނީ ރައްޓެހިވެގެންނެވެ. ޖިއާގެ މަރާ ގުޅިގެން ޕޯސްޓްމޯޓަމް ހެދި އިރު، އޭނަ ބަލިވެއިންކަން ވެސް އެނގިފައިވެ އެވެ. ޖިއާގެ އާއިލާ އިން ބުނެފައިވަނީ އެއީ ސޫރަޖްގެ ދަރިއެއް ކަމަށެވެ.
ނަމަވެސް ފެށުނީން ސުރެ ސޫރަޖް ދިއައީ އޭނާ އަކީ ކުއްވެރިއެއް ނޫން ކަމަށް ބުނަމުންނެވެ. އަދި ޖިއާގެ މަރުގައި އޭނާގެ އަތެއް ނެއްކަމަށް ވަނީ ބުނެފައިއެވެ. އަދި އޭނާ އަކީ މައުސޫމު މީހެއް ކަމަށްވެސް ވަނީ ބުނެފައިއެވެ.
ސަލްމާން ޚާން ޕްރޮޑިއުސްކުރި 2015 ގެ ފިލްމް "ހީރޯ" އިން ބޮލީވުޑް އަށް ތައާރަފްވި ސޫރަޖް އަކީ މަޝްހޫރު އެކްޓަރު އަދިތިޔާ ޕަންޗޯލީ އާއި ބަތަލާ ޒަރީނާ ވައްހާބްގެ ދަރިއެކެވެ.
ކޮމެންޓު ފޮނުވާ