އާލިއާ އަގުބޮޑު އެޕާޓްމެންޓްތަކެއް ގަނެ ދައްތަ އަށް ހަދިޔާ ކޮށްފި

އާލިއާ އަގުބޮޑު އެޕާޓްމެންޓްތަކެއް ގަނެ ދައްތަ އަށް ހަދިޔާ ކޮށްފި

Author
ފާތިމަތު ނާވީ
30 އޭޕްރިލް 2023 08:10
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އޭނާގެ ދައްތަ ޝާހީން ބަޓް އަށް ހަދިޔާ އަކަށް އަގުބޮޑު އެޕާޓްމެންޓް އެއް ދީފިއެވެ.

ގާތްގަޑަކަށް ހަތަރު މިލިއަން ޑޮލަރުގެ އެ އެޕާޓްމެންޓް އޭނާ ގަނެފައި ވާއިރުގައި، މިއީ މުމްބާއީގެ ޕާލީ ހިލް ސަރަހައްދުގައި ހުންނަ މަޝްހޫރު ކަޕޫރު ބަންގްލޯއާ އެއް މަގެއްގައި ހުންނަ އިމާރާތަކުން ގަނެފައިވާ އެޕާޓްމެންޓް އެއް ކަމަށް ވެއެވެ. އަދި. ބޮޑުމިނުގައި 2،497 އަކަފޫޓު ހުންނަ މި އެޕާޓްމެންޓް، މި މަހު 10 ވަނަ ދުވަހު  ރަޖިސްޓްރީކޮށްފައި ވަނީ އާލިއާގެ ޕްރޮޑަކްޝަން ހައުސް "އިޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް" ގެ ނަމުގައި ކަމަށް ހަބރުތަށް ބުނެއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

މީގެ އިތުރުން ބައެއް ނޫސްތަކުން ބުނާގޮތުގައި އާލިއާ ވަނީ އިތުރު ދެ އެޕާޓްމެންޓްވެސް ގަނެ، ދައްތަގެ ނަމަށް ރެޖިސްޓްރީކޮށްފައިއެވެ. އެއީ މުމްބާއިގެ ޖޫހޫ ސަރަހައްދުގައި ހުންނަ ގީގީ  ދެ ފްލެޓެއް ދެ އެޕާޓްމެންޓެއް ކަމަށްވެއެވެ. އަދި ޕާކިން ލޮޓަކާ އެކު ލިބުނު އެ ދެ ފްލެޓު އެއްކޮށްލައިގެން 2،086 އަކަ ފޫޓު ބޮޑުމިން ހުރެ އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

2012 ވަނަ އަހަރު ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑް އަށް ތައާރަފްވި ބަތަލާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއްތަރިއެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ކުޅޭ ކޮންމެ ފިލްމަކަށް މަދުވެގެން 1.8 މިލިއަން ޑޮލަރު ނަގަ އެވެ.

މީގެ އިތުރުން އާލިއާ އަކީ ވިޔަފާރީވެރިއެއްވެސް މެއެވެ. އެގޮތުން އޭނާ ވަނީ  2020 ވަނަ "އެޑް-އަ-މާމާ" ކިޔާ ކްލޯތިން ބްރޭންޑެއް ފަށައިފަ އެވެ. އޭގެ އިތުރުން، މިދިޔަ އަހަރުގެ ކުރީކޮޅު އޭނާގެ ޕްރޮޑަކްޝަން ހައުސް ހުޅުވުން ވެސް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.