އިމުގެ މައްސަލާގައި ރާއްޖެއިން ބައެއް ގެލިގެން ދިޔުމަކީ ކާމިޔާބީއެއް ނޫން: އަލީ ހުސެއިން

އިމުގެ މައްސަލާގައި ރާއްޖެއިން ބައެއް ގެލިގެން ދިޔުމަކީ ކާމިޔާބީއެއް ނޫން: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2023 03:19
0

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖެއިން ބައެއް ގެއްލިގެން ދިއުމަކީ ކާމިޔާބެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ. ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.

އިޓްލޮސް އިން ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި އުސޫލް އެޕްލައިކުރުމުގައި ހިޔާލު ތަފާތުވުން އުފެދުނީ ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާތީއެވެ.

މިމައްސަލައިގެ މިއަދުގެ ނިންމުމާއި ގުޅިގެން އަލީ ހުސެއިން ވިދާޅުވީ މިމައްސަލާގައި ރާއްޖެއަށް ކާމިޔާބީއެއް ލިބިފައި ނުވާކަމަށެވެ. ރާއްޖެއިން ބައެއް ގެއްލިގެންދާ ގޮތަށް ނިންމި ނިންމުމަކީ ކާމިޔާބީއެއް ކަމަށް ސަރުކާރުން ދެކުނު ނަމަވެސް އެއީ ކާމިޔާބީއެއް ނޫންކަމަށެވެ.

އިމުގެ މައްސަލައިގައި ރާއްޖެއަށް ކާމިޔާބީ ލިބުނުކަމަކަށް ނުބެލެވޭ. ރާއްޖެއިން ބައެއް ގެލިގެން ދިޔުމަކީ ކާމިޔާބީއެއް ނޫން. ރާއްޖެއަށް ލިބެންއޮތް ސަރަޙައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން.

– އަލީ ހުސެއިން ވިދާޅުވިއެވެ.

ކޯޓުގެ ހުކުމުގެ އެންމެ ފުރަތަމަ ބަޔާން ކޮށްފައިވަނީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހެމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ދެކޭ ކަމުގައެވެ. އެއަށްފަހު މި އުސޫލުން ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހުމުގެ މޮރިޝަސްއިން އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދިޔަ އެއް ނުކުތާ ކަމަށްވާ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ލިބޭ 200 މޭލުގެ ސަރަހައްދު ކަނޑައެޅުމުގައި ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާ ބުނުމަށް ކޯޓުން ތާއީދު ކޮށްފައެއް ނުވެއެވެ.

އަދި މި ފަރުގެ ހިކިދިޔައިގައި ފެންނަން ހުންނަ ހިސާބަކީ، އިކުއިޑިސްޓެންސުން ބަހާއިރު މިން އެޅޭނެ ބޭސްއެއް ނޫންކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މިއީ ބައިނަލްއަގުވާމީ ކޯޓުގައި މައްސަލަ ކާމިޔާބު ކުރުމަށް، ސެޓްލައިޓް ފޮޓޯތަކާއި، ސައިންޓިފިކް ހެކިތައް ހުށަހެޅުމާއެކު ރާއްޖެއިން ބޭނުން ކުރި އެންމެ ވަރުގަދަ އަސާސްކަން ފާހަގަ ކޮށްލެވެއެވެ.

ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުމާއެކު، މައްސަލަ އުފެދުނު ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ބަހާނެ ގޮތަކާއި ގުޅޭގޮތުން މިއަދު އިޓޮލްސްއިން އިއްވި ހުކުމުގައި ވަނީ ބޭސް ޕޮއިންޓްތައް މިންކުރަން ފަށަންޖެހޭ ހިސާބުތަކާއި، އެ ހިސާބުތަކުން ބޭސް ޕޮއިންޓްތައް ކުރެހުމުން ދެގައުމުގެ ކަނޑުގެ ސަރަހައްދު ކަމުގައި ކަނޑައަޅާ ސަރަހައްދުގެ މިންތައްވެސް ކަނޑައަޅާދީފައެވެ.

އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިބެ
މައްސަލަ ނިމުނު ގޮތުގެ ޗާރޓް ބެލީމާ ކުރިން އޮތް ވަރަށް ވުރެން ޓެރިޓަރީ އިތުރުވީ ކޮންބަޔަކަށްކަން ވަރަށް ސާފެވެ. އައްޔަމެން ދިވެހިން ގުނބޯ ހައްދަން އުޅުނަސް މިހާރު ކިޔަވައިގެންތިބި ޖީލަކަށް އޮޅުވައެއް ނުލެވޭނެއެވެ. ރާއްޖޭގެ ސަރަހައްދަށް ބޮޑު ބަޔެއް އިތުރު ކޮށްދެއްވުމަށް ރައީސާއި މި ސަރުކާރުން އާރބިޓްރޭޝަންގައި ހުށައެޅުއްވި ލިޔުންތަކާއި ހެކިތަކުން މި ލިބުނު ކާމިޔާބަށް މަރުހަބާ!
I Ibrahim
Dhivehinge Daviyani atholhu thiya gellunee. Kandu bahaakah noon edhen jehenee, thirah tahakuge milkuverikan hoadhan dhauvaa kuranvee
0 007
ކޮންމެގޮތެއްވިޔަސް ބޮޑަށް ގެއްލުންވީ ރާއްޖެއައް މިހާރު
A AThifk
Muli dhuniye ves mee raje kama ves kiyan v noon tho bunedheva faanan tho kon iraku tho raajeyge thaneh ge gothu ha othee
ރ ރަޝީދު ފޭދޫ
ނަވާރަސަތޭކަ އައްޑިހަ އަށެއް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އިންޑިޔާގެ ޕޮލޮޓު ޖަމާއަތުގެ މަދަދު ހޯދައިގެން ވެރިކަން ފޭރިގަންނަން އުޅެ ނާކާމިޔާބުވީމާ ދިވެހިރައްޔަތުންގެ ބަޔަކު ރަހީނު ކޮއް ގެން ޕޮރުގުރަސް ލައިޓު ކިޔާބޯޓެއް ފޭރިގެންގޮސް ނަވާރަދިވެހިން މަރާލުން ވެސް ކާމިޔާބެއްކަމައްދުއް ބަޔަކު މިއަދުގެ ޗާގޯސް ގެ ނިއްމުމުގައި ވެސް ކަމިޔާބެއްކަމައް ދެކެނީ ހަމައެހާއިނުން ނޫންތޯ