އެކްޓްރަސް އޭޝްލީ މެޑެކްވީއަށް ދަރިއަކު ލިބެން އުޅޭ ކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.
އެކަން ޔަގީންކޮށްދެމުން އޭނާ ވަނީ ވަރަށް ކިއުޓް ގޮތަކަށް ބޭބީ ބަމްޕް ފެންނަ ފޮޓޯ އެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ. އެއާއި އެކު ގިން ބަޔަކު ވަނީ މަރުހަބާ ކިޔައި ކޮމެންޓް ކޯށްފައިއެވެ.
"ދަ ސްޓްރޭސް" ގެ ބަތަލާ ވަނީ އޭނާ އާއި އޭނާގެ އެކްޓަރު ފިރިމީހާ އިޑޯ ގޯލްޑްބާގް އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވެފައި ވާކަން ހިއްސާ ކުރި ޕޯސްޓުގައި ބުނެފައިއެވެ.

އުމުރުން 41 އަހަރުގެ އޭޝްލީ އާއި 47 އަހަރުގެ އިއްޑޯ ގޯލްޑްބާގް ކައިވެނި ކުރީ 2012 ގައެވެ.
ކޮމެންޓު ފޮނުވާ