ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ވާނެ: މެޓް އޮފީސް

Author
އަޒްފާ ރަޝީދު
27 އޭޕްރިލް 2023 07:32
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ އާދަޔާ ހިލާފު ވިއްސާރައެއް ނޫންކަމަށާއި، މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާއިރު އާންމުކޮށްވެސް ކުރާ ވިއްސާރައެއް ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ކުރިއަށް އޮތްތާގައި ވިއްސާރަވެ ބޯކޮށް ވާރޭ ވެހި ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި، ނަމަވެސް ކަނޑުތައް ކުރިއަށް އޮތް ތިން ދުވަހު އާދައިގެ ވަރަކަށް މަޑުވާނެކަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.