ބަރްކާ ބިޝްތު އާއި އިންދްރާނީލް ސެންގުޕްތާގެ ކައިވެނީގައި މައްސަލަ ޖެހި އެމީހުންގެ ގުޅުން ނިމުމަށް އައިސްފައިވާ ކަމަށް އަޑުތައް ފެތުރެމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
އެހެންނަމަވެސް ދެމީހުންވެސް މިއަދާ ހަމައަށް ވެސް ތިބީ ހަނުއެވެ. އަދި އެކަމާއި ގުޅޭ ގޮތުން ކުރާ ސުވާލުގެ ޖާވާބެއް ދެމީހުން ކުރެ އެކަކުވެސް މިއަދާ ހަމައަށް ވެސް ދީފައިއެއް ނުވެއެވެ.
ނަމަވެސް އެންމެ ފަހުން ބަރްކާ ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ނިންމައި ވަރިވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި މިއީ އޭނާ ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަން އޭނާ ވަނީ ފާހަގަ ކޮށްފައިއެވެ. އިތުރަށް އޭނާ ބުނީ މިހާރު އޭނާ އަކީ އެކަނިވެރި މައެއް ކަމަށާއި އަދި އެމީހުންގެ ދަރިފުޅު މީރާ އަކީ މިހާރު އޭނާގެ ހުރިހާވެސް އެއްޗެއް ކަމަށެވެ.
ބަރްކާ އާއި އިންދްރާނީލް ކައިވެނި ކުރީ 2008 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުގައިއެވެ. އަދި އެކައިވެނިން އެމީހުންނަށް ވަނީ އަންހެން ކުއްޖަކު ލިބިފައިއެވެ. އެއީ މިހާރު 11 އަހަރުގެ މިރާއެވެ.
ބަރްކާ އާއި އިންދްރާނީލް އަކީވެސް ޑްރާމާ ސިލްސިލާ ތަކުން ފެނިގެން ގޮސްފައިވާ ދެ ތަރިންނެވެ. އެގޮތުން ބަރްކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ސްވަރާޖް"އިން ރާނީ އަންބަކާ ގެ ރޯލުންނެވެ. މީގެ އިތުުރުން އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމް އަކީ 2009 ވަނަ އަހަރު ގެނެސް ދިން "ޕީއެމް ނަރެންދުރަ މޯދީ" އެވެ.
އަނެއް ކޮޅުން އިންދްރާނީލް އެންމެ ފަހުން ފެނިގެން ގޮސްފައިވާ ސިލްސިލާ ޑްރާމާ އަކީ "ޔޭހޭ ޗަހޭތޭއިން" އިން ނެވެ. މީގެ އިތުރުން އޭނާ ވަނީ މިދިއަ އަހަރު ޒީ-5 އިން ގެނެސްދިން ވެބް ސީރީޒް "ދަ ބްރޯކިން ނިއުސް" އިން ވެސް ފެނިގެން ގޮސްފައިއެވެ. މީގެ އިތުރުން އޭނާ އެންމެ ފަހުން ފެނިގެން ދިއަ ފިލްމް އަކީ މިދިއަ އަހަރު ރިލީޒް ކުރި ފިލްމް "ޑޮކްޓަރު ޖީ"އެވެ.
ކޮމެންޓު ފޮނުވާ