ކޮވިޑް-19 ގައި ރާއްޖޭން ދެ މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި އެ ދެ މީހުން މަރުވެފައި ވަނީ މި މަހުގެ 16-22 އާ ދޭތެރޭގަ އެވެ. ނަމަވެސް މަރުވި މީހުންނާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
މި ދެ މަރާއި އެކު ކޮވިޑްގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 313 އަށް އަރައިފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުން ވެސް އިތުރުވަމުންދާތީ ބައްޔާ މެދު ފަރުވާތެރިވުމަށް އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް ޖެހޭ މީހުން ނިސްބަތުން އެންމެ ގިނައީ މާލެ ސަރަހައްދުގަ އެވެ.
ދެހާސް ވިހިން ފެށިގެން މިހާތަަނަށް ރާއްޖެން ކޮވިޑް ޖެހުނު މީހުންގެ އަދަދު 186،241 އަށް އަރަ އެވެ.
ކޮމެންޓު ފޮނުވާ