އުމްރާއިން އަންނަ ފަރާތްތަކުން ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި

އުމްރާއިން އަންނަ ފަރާތްތަކުން ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި

Author
އަޒްފާ ރަޝީދު
25 އޭޕްރިލް 2023 08:12
0

އުމްރާއިން އެނބުރި އަންނަ މީހުންގެ ގައިން ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ، 14 ދުވަހުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އުމްރާއިން އެނބުރި އަންނަތާ ދެ ހަފުތާގެ ތެރޭގައި ހުން އައުން، ކެއްސުން ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް އެދިފައިވެއެވެ.

އެޗްޕީއޭ އިން ބުނީ މި ނޫން ވެސް އިތުރު ބައްޔެއްގެ އަލާމާތެއް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ، ކެއްސައި ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރި ގޮތުގައި ނައްތާލައި، އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ބުނީ އުމްރާއިން އެނބުރި އައުމަށް ފަހު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ގިނަގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި، އަރާމުކުރުމާއި، ހުންގަދަ ނަމަ ގައިގައި ފެން ހޭކުން، އަދި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުމަށް އެދިފައިވެ އެވެ.

ރޯދަ މަހުގެ އުމްރާ އަށް ދިޔަ ގިނަ ބަޔަކު މިހާރު އަންނަނީ އެނބުރި ރާއްޖެ އަންނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.