ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއިން 3 ސައިޒެއްގެ ކޮތަޅު ވިއްކުމަށް ނިންމައި ކޮތަޅު ވިއްކާ އަގުތަށް އާންމުކޮށްފިއެވެ.
މިގޮތުން އެކުންފުނިން ވިއްކާ 3 ސައިޒަކީ ލާޖް، ޑަބަލް އެކްސް ލާޖް އަދި ޓްރިޕަލް އެކްސް ލާޖެވެ. ކަޅު އަދި ފެހި ކުލައިގެ ވިއްކާ ކޮތަޅުގެ ބޮޑުމިނަކީ، 11*17 އިންޗީގެ ކޮތަޅާއި، 18*27 އިންޗީގެ ކޮތަޅާއި އަދި 36*48 އިންޗީގެ ކޮތަޅެވެ.
މިގޮތުން ލާޖް ސައިޒުގެ 100 ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއެއް ވިއްކާނީ 35ރ. އަށެވެ. ޑަބަލް އެކްސް ލާޖު ސައިޒުގެ 100 ކޮތަޅު ހިމެނޭ ބޮނޑިއެއް ވިއްކާނީ 165ރ. އަށެވެ. އަދި ޓްރިޕަލް އެކްސެލް ސައިޒުގެ 50 ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއެއް ވިއްކާނީވެސް 165ރ. އަށެވެ.
އެކުންފުނިން ކުނިއަޅައި ބަނދުކުރާ ކޮތަޅު ވިއްކަން ފަށަނީ، ބާޒާރު މަތީ އާންމު ޕްލާސްޓިކް ކޮތަޅަކަށް 2ރ. ލުމުންނެވެ. މީގެ ސަބަބުން ބާޒަރު މަތީ ކޮތަޅު ބޮނޑިއެއްގެ އަގު ބޮޑުތަނުން އުފުލިގެން ދިޔައެވެ. މިއާއިއެކު ހެޔޮ އަގެއްގައި ކުނިއަޅައި ބަނދު ކުރާނެ ކޮތަޅު 3 ސައިޒަކުން ވިއްކުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ.
މިގޮތަށް ވިއްކާއިރު، ކުނިވާ ފަނާވާ ޒާތުގެ ތަކެތި ބަނދު ކުރާނީ ފެހި ކޮތަޅުގައެވެ. އަދި ޕްލާސްޓިކް ސާމާނު ވަކިން ކަޅު ކޮތަޅުގައި ބަނދު ކުރާއިރު އެހެނިހެން ސާމަންވެސް ބަނދުކުރާނީ ކަޅު ކޮތަޅުގައެވެ.
ވެމްކޯއިން ވަނީ މިކޮތަޅުތައް ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ