މޫސުން ގޯސްވެ މާލެ އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން މިރޭ ނެރެފައިވާ ރީނދޫ ސަމާލުގައި ވާގޮތުން މިރޭ 20:05އިން ފެށިގެން މެންދަމު 1:00އާ ހަމައަށް މި ސަރަޙައްދަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މިވަގުތުގައި މި ސަރަޙައްދަށް ބާރަށް ގުގުރުމާއެކު ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
Severe thunderstorms expected pic.twitter.com/kfnd1YUZn5
— Maldives Meteorology (@MetMaldives) April 24, 2023
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވެސް މިއަދު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ ބުނެފައެވެ.