ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ބުނެފައިވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި ރާޅުގެ އުސްމިން ހުންނާނީ އެއް ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ.
ކޮމެންޓު ފޮނުވާ