އޯ ލެވެލް އަދި އެސްއެސްސީ އިމްތިޙާންގައި މިއަހަރު ދެ ސްކޫލެއްގައި އަލަށް ބައިވެރިވާނެ

އޯ ލެވެލް އަދި އެސްއެސްސީ އިމްތިޙާންގައި މިއަހަރު ދެ ސްކޫލެއްގައި އަލަށް ބައިވެރިވާނެ

Author
އަޒްފާ ރަޝީދު
24 އޭޕްރިލް 2023 07:55
0

މިއަހަރުގެ ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނު މާދަމާ ފަށާއިރު، ރާއްޖޭގެ 2 ސްކޫލެއްގައި މި އިމްތިޚާންތަކުގައި އަލަށް ބައިވެރިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އޯލެވެލް އާއި އެސްއެސްސީ އިމްތިޙާނު ރާއްޖޭގެ 244 ސެންޓަރެއްގައި މާދަމާ ކުރިއަށްދާއިރު. މީގެތެރޭގައި މުޅިން އަލަށް އައްޑޫ ސިޓީގެ ހިތަދޫ ނޫރާނީ ސްކޫލާއި މަރަދޫ ސްކޫލްގައި އޯލެވެލް އިމްތިޙާނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި 6698 ދަރިވަރުން އަދި އެސްއެސްސީ އިމްތިޙާނުގައި 6107 ދަރިވަރުން ބައިވެރިވާނެކަމަށާއި، އިމްތިޙާނުތަކަށް ބޭނުންވާ ޕޭޕަރުތައް ސެންޓަރުތަކަށް މިހާރު ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން މަޢުލޫމާތުދެއެވެ.

ކެމްބްރިޖް އޯލެވެލް އާއި ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އެސްއެސްސީ އިމްތިޙާނު ފެށްޓެވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެންމެ ބޮޑު އެއްކަމަކީ އިމްތިޙާނުތަކަށް ބޭނުންވާ ޗީފް އިންވިޖިލޭޓަރުން ތަމްރީނުކުރުމާއި، ހުރިހާ ސެންޓަރުތަކަށް ބޭނުންވާ ހުރިހާ ޗީފް އިންވިޖިލޭޓަރުން ތަމްރީނުކޮށް ނިމިފައިވާކަމަށްވެސް އެޑިއުކޭޝަނުން ހާމަކޮށްފައިވެއެވެ. އައްޑޫ ސިޓީގައި އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން މާލޭގައި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާކަމަށްވެސް އެޑިއުކޭޝަނުން މަޢުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.