އިންޑިއާއަށް ނިސްބަތްވާ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ އަދި ލަވަ ކިއުންތެރިއާ ނިކް ޖޯނަސް އިންޑިއާ އަށް ނިސްބަތްވާ ފަންނާނަކާ އެކީ ކިޔައިފައިވާ ލަވަ ވީޑިއޯ އާއި އެކުގައި ނެރެފިއެވެ.
އެމެރިކާ ލަވަކިއުންތެރިއާ އާއި އިންޑިއާގެ ފަންނާނު އަދި ކިންގްގެ ނަމުން މަޝްހޫރު ލަވަކިޔުންތެރިޔާ ފޭނުންނަށް ދޫކޮށްލާ ލަވަ އަކީ ކިންގް "މާން މޭރީ ޖާން" ގެ ނަމުގައި ގެނެސްދިން ހިޓް ލަވައިގެ އާ ވާޝަނެކެވެ. މިއަށް ދީފައިވާ ނަމަކީ "އާފްޓަލައިފް" އެވެ.
ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ލަވަ މިދިޔަ ބުރާސްފަތި ދުވަހު ނެރުމާއި އެކުގައި ލަވައިގެ ވީޑިއޯ ޔޫޓިއުބުން މިހާތަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލައިފަ އެވެ.
ކިންގް އާއި ނިކް ކިޔާފައިވާ ރިމޭކް ނެރެފައި ވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ. ވީޑިއޯ އަށް މިހާބޮޑު ސަމާލު ކަމެއް ލިބިފައިވާ އިރުގައި، މި ލަވަ ނެރުމާއި އެކުގައިވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
މިއީ އިންޑިއާގެ މިއުޒިކީ ފަންނާނަކާ ގުޅިގެން ނިކް ލަވައެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ. ވަރަށް ބޮޑަށް މަގުބޫލު ވަމުން އަންނަ ކިންގް ގެ ލަވަތަށް އާންމުކޮށް ގެނެސްދެނީ ވީޑިއޯއާއި ވެސް އެކުގައި އެވެ.
ކިންގް ފިލްްމް އަކަށް ކީ ފުރަތަމަ ލަވަ އަކީ "ޑްރިޝަމް 2″ ގައި ހިމެނޭ "ސަހީ ގަލަތު" އެވެ. މި ފިލްމް އަކީ އަޖޭ ދޭވްގަން، ތާބޫ، ޝްރިޔާ ސަރަން، އިޝިތާ ދަތް މުހިންމު ރޯލު ތަކުން ފެނިގެން. ގޮސްފައިވާ ފިލްމްއެވެ.
ކޮމެންޓު ފޮނުވާ