ޕްރިޔަންކާގެ ވީޑިއޯ އެއް ނިކް ސިއްރުން ނަގައިފި

ޕްރިޔަންކާގެ ވީޑިއޯ އެއް ނިކް ސިއްރުން ނަގައިފި

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2023 06:42
0

ބޮލީވުޑް/ ހޮލީވުޑްގެ ގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ޒުވާން ފިރިމީހާ ލަވަކިއުންތެރިއާ ނިކް ޖޯނަސް ގެ ލޯބި ދިރިއުޅުން އަބަދުވެސް ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައެވެ.

އެގޮތުން އަނެއްކައިވެސް ގިނަ ބައެއްގެ ސަމާލުކަން އަނެއްކައިވެސް މި ވަނީ ޕްރިޔަންކާގެ ދެމަފިރިން ހޯދައިފައިއެވެ. އެދެމީހުން ވަނި ޕްރިޔަންކާގެ ކުރިއަށް އޮތް އުންމީދީ އެއް ޕްރޮޖެކްޓް ކަމުގައިވާ "ސިޓަޑެލް" ގެ ޕްރޮމޯޝަން އަށް އިޓަލީގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ސިޓީތަކަށް ގޮސްފައިއެވެ.

"ސިޓަޑެލް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ފިނުމުގެ ގޮތުން ޕްރިޔަންކާ ވަނީ އެކި ގޮތްގޮތަށް ޕޯސްދީފައިއެވެ. ޕްރިޔަންކާގެ ހަރަކާތްތަށް ބަލަން ދުރުގައި ނިކް ހުއްޓި ހުރެގެން އޭނާ ވަނީ ޕްރިޔަންކާގެ ހަރަކާތްތަށް ވީޑިއޯ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Jerry x Mimi 😍 (@jerryxmimi)

މީގެ އިތުރުން ޕްރިޔަންކާ ފެނި ނިކް އަށް ވެފައި ހުރި ގޮތް ދައްކުވައި ދިނުމުގެ ގޮތުން ވެސް ތަފާތު ޓިކްޓޮކް ތަށް ވަނީ ދައުރު ވެފައިއެވެ. މި ހުރިހާ ފޮޓޯ ތަކަކާއި ވީޑިއޯ ތަކެއް ވަނީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވައްިރަލް ވެގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Jerry x Mimi 😍 (@jerryxmimi)

ޕްރިޔަންކާ މިވަގުތު މަސައްކަތް ކުރަމުން ދަނީ އުއްމީދީ ޕްރޮޖެކްޓްތަކެއްގައިއެވެ. އެމެޒޯން ޕްރައިމް ސްޕައި ތުރިލާ ސިލްސިލާ "ސިޓަޑެލް" ގައި އޭނާ ކުޅެނީ ޖާސޫސެއްގެ ރޯލެވެ. ރޮމޭންޓިކް ކޮމެޑީ "އިޓްސް އޯލް ކަމިން ބެކް ޓު މީ" ގެ ލީޑް ރޯލް ވެސް ބަތަލާ އަންނަނީ ކުޅެމުންނެވެ.

ބޮލީވުޑްގެ ފިލްްމް އަކަށް އޮތީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމް "ޖީލޭ ޒަރާ"އެވެ. މި ފިލްމް އިން ފެނިގެންދާނީ ތިން ބަތަލާ އިންނެވެ. އަދި ޝޫޓީން ފަށާފައިނުވާ މި ފިލްމް ގައި ޕްރިޔަންކާ އާއި އެކުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް އަދި އާލިއާ ބަޓްއެވެ. މީ ވަރަށް އުންމީދީ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނުގެ ދަރި ލަތީފް
ޕްރިޔަންކާ ޖެހި ފޮޑީގެ ވަހެއް ނިކް ނުބަލާތަ މީވެސް ދެން ޚަބަރުތަ