މި އަހަރު ފަހު ކޮޅު އާލިއާގެ ދެމަފިރިން އެމީހުންގެ 'ޑްރީމް ހޯމް' އަށް ބަދަލުވާނެ

މި އަހަރު ފަހު ކޮޅު އާލިއާގެ ދެމަފިރިން އެމީހުންގެ 'ޑްރީމް ހޯމް' އަށް ބަދަލުވާނެ

Author
ފާތިމަތު ނާވީ
23 އޭޕްރިލް 2023 09:08
0

މިއަހަރުގެ ފަހު ކޮޅު ނުވަތަ އަންނަ 2024 ވަނަ އަހަރުގެ ކުރީ ކޮޅު ބޮލީވުޑްގެ ޕަވާ ކަޕުލްގެ ގޮތުގައި މަގުބޫލު ދެމަފިރިން ކަމަށް ވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އެމީހުންގެ "ޑްރީމް ހޯމް" އަށް ބަދަލު ވާނެކަމަށް ބެލެވޭ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ފާއިތުވި މަސްތަކުގައި ރަންބީރު އާއި އާލއާގެ އައު ގެ ހަދަން އުޅޭ ކަމުގެ ޚަބަރާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ލިބިފަ އެވެ. މުމްބާއީގެ އަޕްސްކޭލް ބަންދްރާގައި ހުންނަ މި ޕްރޮޕަޓީގައި ފަނަރަ ބުރި ހުންނާނެ ކަމަށާއި ފުރަތަމަ ފަސް ފަންގިފިލާ ހުންނާނީ ކަޕޫރް އާއިލާއަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކިތަންމެ ޒީކޮށް އުޅުނު ކަމުގައި ވިޔަސް ރަންބީރާއި އާލިއާ ދޭތެރެ ދޭތެރެއިން ކޮންސްޓްރަކްޝަން ސައިޓަށް ގޮސް އެ ގޭގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާތަން ފެނެ އެވެ. ދާދި ފަހުން އެމީހުންގެ ކައިވެންޏަށް އެއް އަހަރު ފުރުމާއި ދިމާ ކޮށްވެސް އެދެމީހުން ވަނީ އެތަނަށް ގޮސްފައިއެވެ. ފަހުގެ ހަބަރުތަކުގައިވާ ގޮތުން އެ މީހުންގެ އާ ގޭގެ އިންޓީރިއާގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އީޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން އެމީހުންގެ ގޭގެ މަސައްކަތް ބާރު ސުޕީޑުގައި އަންނަނީ ކުރަމުންނެވެ. އެހެން ކަމުން ޑިސެމްބަރު 2023 ނުވަތަ ޖެނުއަރީ 2024 ގެ ކުރިން އާއިލާ އާ ގެއަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. އަދި ވަރަށް އަވަހަށް އާ ބައުންޑަރީ ވޯލެއް ވެސް އެގޭގެ ވަށައިގެން އަޅާނެ އެވެ.

އިންޓީރިއާގެ މަސައްކަތް ފެށިފަހުން ބަންގްލޯގެ އެތެރޭގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި އެއާއި އެކުގައި ނީތޫ އާއި އާލިއާގެ އިންސްޕެކްޝަން ރައުންޑްތައް އިތުރުވެފައިވާ ކަމަށްވެސް ވެއެވެ.

ރިޝީ ކަޕޫރާއި ނީތޫ ކަޕޫރު 1980 ވަނަ އަހަރު ގަތް މި ބަންގްލޯ ތަޅާލީ އުސް އިމާރާތެއް ހެދުމަށެވެ. އެއީ ރިޝީ ކަޕޫރުގެ މައިންބަފައިންގެ ނަމުގެ ނަން ދީފައިވާ ބަގުލޯއެކެވެ. ނަމަކީ ކްރިޝްނާރާޖް އެވެ.

ރަންބީރާއި އާލިއާ އާއި އަންހެން ދަރިފުޅު ރަހާ އަދި ނީތޫ ހިމެނޭ ކަޕޫރު އާއިލާ ވަރަށް އަވަހަށް އެ މީހުންގެ ޑްރީމް ގެއަށް ބަދަލުވާނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ސްވިމިން ޕޫލަކާއި އޮފީސް ފްލޯއެއް ހުންނާނެ އެވެ. އެގޭގައި 15 ފަންގިފިލާ ހުންއިރުގައި އެއް ފަންގިފިލާ ހުންނާނީ ރިދީމާއަށް ހާއްސަ ކޮށްފައި ކަމަށްވެއެވެ. އެއީ އޭނާ އެމީހުން ކާރިއަށް ޒިއާރަތް ކުރާ އިރުގައި މަޑުކޮށްލުމަށް ޓަކައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ރަންބީރު ކަޕޫރު އެންމެ ފަހުން ފެނިގެން ދިއައީ ބަތަލާ ޝްރައްދާ ކަޕޫރު އާއި އެކުގައި މިއަހަުރ ރިލީޒް ކުރި ފިލްމް "ތޫ ޖޫޓީ މޭ މައްކާރް" އިންނެވެ. އަނެއް ކޮޅުން އާލިއާ މިހާރު އަންނަނީ "ރޯކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.