ކުރީގެ މަޝްހޫރު ބަތަލާ ސަނާ ހާން މިހާރު އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް ކަމަށް ބުނެ ފިލްމީ ދާއިރާ ދޫކޮށް މުފްތީ އަނަސް ސައްޔިދާ 2020 ގައި ކައިވެނިކޮށް ދިރިއުޅުމަށް ބޮޑު ހެޔޮ ބަދަލެއް ގެނައި 36 އަހަރުގެ ސަނާ ބުނީ ފާއިތުވި ރޯދަ މަހުގެ ހުރިހާ ރޯދައެއް ވެސް ހިފުނުކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ހުރިހާ ރޯދައެއް ވެސް ހިފުން. އަސްލު ފެމެލީން ވަރަށް ކަން ބޮޑުވެސް ވި ހުރިހާ ރޯދައެއް ހިފާނަމޭ ބުނީމަ. އެކަމަކު ހަމަ ވަރަށް އަމާން އޮމާން ކޮށް މިދިއައީ. އެއްވެސް މައްސަލަ އެއް ދިމައެއް ނުވޭ އިންޝާﷲ"
މިހާރު ބަނޑަށް ހަމަސް ވެފައިވާ ކަމަށާއި އަދި ހުރިހާ ކަމެއް ދަނީ ނޯމަލް ކޮން ކަމަށް ސަނާ ވަނީ ބުނެފައިއެވެ. އޭނާ ވާނީ މިފަހުން ބޭއްވި ބާބާ ސިއްދީގީ ގެ ރޯދަ ވިއްލުމުން ވެސް ފިރިމީހާ އަނަސް އާއި އެކުގައި ފެނިގެން ގޮސްފައިއެވެ.
ސަނާ ބުނި ރޯދަ މަހުގައި އެންމެ ބޮޑަށް އުޅުނީ އަޅުކަމުގައި ކަމުގައިއެވެ. އެގޮތުން ދުވަހުގެ ބޮޑު ބައި އަޅުކަމުގައި ހޭދަކުރި ކަމަށްށާއި ދެން ބާކީ ބައި އާއިލާ އާއި އެކުގައި ހޭދަ ކުރި ކަމަށް އޭނާ ވަނި ބުނެފައިއެވެ. އަދި ހަމަ އެއާއި އެކުގައި މި ރޯދަ މަހަކީ ވަރަށް އުފާވެރި ރޯދަ މަހެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
ފިލްމީ ދާއިރާ އާއި އެއްކޮން ދުރަސް ކޮން މިހާރު ސަނާ ބޮޑަށް އުޅެނީ ދީނީ ކަންކަން ހިއްސާ ކުރުމަށެވެ. އެގޮތުން އޭނާގެ ސޯޝަލް މީޑިއާގައި ތަފާތު ކަންކަމަށް ދީނީ ގޮތުން އަލި އަޅުވައިލާ ވާހަކަ ދައްކައެވެ. އަދި ދުއާ ތަށް ވެސް ކިޔައިދެއެވެ.
ސަނާ އާއި އަނަސް ކައިރވެނި ކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައިއެވެ. މި ކުއްލި ކައިވެނީގެ ހަބަރަކީ ގިނަ ބަޔަކަށް ހައިރާންކަންގެނުވި ހަބަރެކެވެ. ކައިވެންޏަށް ފަހު އޭނާ ވަނީ ދީނީ ކަންކަމަށް ދޭ އަހައްމިޔަތުކަށް ވަރަށް ބޮޑަށް އިތުރުކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ