"ސިންގަމް އެގެއިން" އަށް ތާރީހެއް

"ސިންގަމް އެގެއިން" އަށް ތާރީހެއް

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2023 05:50
0

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ފްރެންޗައިޒް ފިލްމް "ސިންގަމް" ސީރީޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

"ސިންގަމް އެގެއިން" ގެ ނަން ދީފައިވާ ފިލްމު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 15 އަށެވެ. މި ފިލްމު ވާނީ އަޖޭ އާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

"ސިންގަމް" ސީރީޒް ފިލްްމް ތަކަކީ އަޖޭ އާއި އެކުގައި އެކްޝަން ޑައިރެކްޓރެއްގައި ގޮތުގައި ފާހަގަ ކުރެވޭ ޑައިރެކްޓަރު ރޯހިތު ޝެޓީ ކުރިއަށް ގެންދާ ފިލްމް އެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައި އޮތީ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ތެރެއަށެވެ.

https://www.facebook.com/photo.php?fbid=892279678924985&set=a.251628382990121&type=3

މީގެ ފުރަތަމަ ބައި "ސިންގަމް" ރިލީޒްކުރީ 2011 ގަ އެވެ. އޭގެ ބަތަލަކީ ކާޖަލް އަގަރްވާލެވެ. އަދި ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ. "ސިންގަމް އެގެއިން" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.