ފުއްގިރި މައްސަލަ: ކުރިއަށް އޮތް ދެ ހަފުތާގައި ގާތް ގާތުގައި އަޑުއެހުންތައް ބާއްވަނީ

ފުއްގިރި މައްސަލަ: ކުރިއަށް އޮތް ދެ ހަފުތާގައި ގާތް ގާތުގައި އަޑުއެހުންތައް ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2023 09:12
0

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ އަޑުއެހުންތައް ކުރިއަށް އޮތް ދެހަފްތާގައި ގާތް ގާތުގައި އަޑު އެހުންތައް ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. އަދި ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް އެމަނިކުފާނުގެ މައްޗަށް ތުޙުމަތުކޮށްފައިވެއެވެ.

ރައީސް ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

އެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ ކްރިމިނަލް ކޯޓުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖައްސާފައިވާއިރު، ހެކިބަސް ނެގުމުގެ އަޑުއެހުންތައް އޭގެ ތިން ދުވަސް ފަހުން ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފައެވެ. ހެކިބަސް ނެގުމުގެ ދެ އަޑުއެހުމެއް ބާއްވަން މިވަގުތު ވަނީ ތާވަލްކޮށްފައެވެ.

އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން އުޅޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުއްގިރި މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދިޔަ ނަމަވެސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ވ.އާރަށުގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް އަދި ހައިކޯޓުގައި ނުވެސް ފަށައެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒުކުރުމަށް ކ. މާފުށީ ޖަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒާހިރު
ޕިޖީހަމީދުއާއިރައިސްސޯލިހުގޭބޭނުމަކީރައިސްޔާމީނުގެދުވަސްދުއްވާލައް....މިހެއްމިބުނަޢޖެހުސަބަބަކީރައިސްޔާމީނުމިގައުމުގެރައިސްކަމައްއަތުވެދާނެހާލަތެއް.....މައްﷲގެވާގިފުޅާއެކީއަތުވެޢޖެނަމަ.....ޕީޖީހަމީދުއަސާއިރައިސްސޯލިހުލިބިދާނެއުގޫބާތެއްގެބޮޑުކަމުއްއެކަމާބިރުހީވާތީ ޔާމިނުގެއަދާންވާތެރިހެކިއްނައްވޯދާގެއްއަވަސްއަރުވާލަގެއްރައިސްސޯލިހުގެދިގުއަތްސަރިއަތައް ބާނާގެއްނުފޫޒުގެބޭނުޢނުހަމަގޮތުގާހިފާގެއްހުރިހާގައުމައްގައްދާރުވާމީހުއްތައަތްދަސުލާގެއްމަހުލޫފުމެއްކަހަލަހިޔާނާން‘ތެރިއްމިހުއްއެކަހަރިކޮޢްފަ.....އެޢްވެސްކުށެއްނެއްމައުސޫމުޔާމީނައްހިތައްއެރިގޮތަކައްގާޒީނަ.އްނައްޕޮރަމޯސަޢްދީގެއް.....ޔާމިނުގެދުވަސްދުއްވާލައްތިއަމަސަކައްކުރަމުއްތިއަގެއްދަނީމަރުނުވާނެކަމާހިތާހޭ.....ހަމަހިލާއެނަކުއްނުވާ....މަރަކީވަރަތްކާރިއެއްޗެއް
ހ ހުސޭނުބެ
ދެން ބުނާމީ ފަޓާސް ބަރިއެއްހެން އަވަސް ކުރަނީ ކަމަށެވެ. ލަހުން ބާއްވަންޏާ ބުނާނީ ޔާމީނު ދޫކުރަން ލަސް ކުރަނީއެވެ. ހެޔޮ ގޮތެއް ނެތެވެ. ޑޮލަރު ތަކުން ގަޑުވަރު ހަދަނީއެވެ. ނިމަެ އިރަށް އެތަން ހޯދަން ދައުވާ ކުރަންވާނެއެވެ.
ެ ެިއިންސާފު
ރާއްޖޭގައިހަމަހަމަ އިންސާފުލިބޭނެެ ދުވަހެއްް ލިބޭނީީ ކޮންދުވަހަކުންބާވައޭޭ ހިތައްއަރާަ އެއްްކަމެއްގައިި ތަފާތުު ދިހަގޮތަކައްް އަމަލުކުމަކީީ ބިރުވެރިި ނުރައްކާތެރިކަމެއްް އުއްމީދުކުރަނީް އެގޮތައްް ކަންތައްކުރާމީހުންނައްް އަވަސްމުސްތަގުބަލެއްް ގައިި އެކަންކަމުގެެ އަދަބުލިގެންގޮސްް ރާއްޖެއައްް އިންސާފުދެއްވުންް