ކަޕިލްގެ ޝޯގައި ބައިވެރިވުމުގެ ވިސްނުމެއް ނެތް: ސުނިލް

ކަޕިލްގެ ޝޯގައި ބައިވެރިވުމުގެ ވިސްނުމެއް ނެތް: ސުނިލް

Author
ފާތިމަތު ނާވީ
23 އޭޕްރިލް 2023 06:44
0

އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ކޮމޭޑީއަން ކަޕިލް ޝަރުމާގެ ޝޯވ "ދަ ކަޕިލް ޝަރުމާ ޝޯވ" އަށް އެނބުރި ދިއުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެޝޯވ ގެ އެންމެ މަޖާ އެއް ކެރްކްޓާ އިން ފެނިގެންދިއަ ސްނިލް ގްރޯވާ ބުނެފިއެވެ.

ސްނިލް އަކީ ޝޮވ ފެށި ކުރީކޮޅުގައި އެންމެންގެވެސް ފޭވަރިޓް އެކެވެ. ގިން ބައެއްގެ މަގުބޫލު ކަން މި ޝޯވ އިން ސުނިލް އަށް ލިބުންނަމަވެސް ޝޯވ ގެ ހޯސްޓް ކަޕިލް އާއި ދެމީހުން ޖެހުނު މައްސަލަ އަކާއި ގުޅިގެން އޭނާ ވަނީ ޝޯވ އިން ވަކިވެފައިއެވެ.

ނަމަވެސް އަނެއްކައިވެސް މި ދޭތެރެއަކުން އޭނާ ޝޯވ އަށް އަންނަން އުޅޭ ކަމުގެ އަޑު މިވަނީ ގަދަވެފައިއެވެ. ނަމަވެސް ސުނިލް އޭނާ ޝޯވ އަށް ދިއުމަށް ބޭނުން ނުވާކަން ހާމަ ކޮށް މިވަނީ އެޑުތަށް ކަނޑުވައިލައިފައިއެވެ.

 

View this post on Instagram

 

A post shared by Sunil Grover (@whosunilgrover)

ސުނިލް ބުނި ގޮތުގައި އޭނާ ކަޕިލް ޝޯ އަށް އެނބުރި ދާކަށް ނޫޅެ އެވެ. އޭގެ ބަދަލުގައި އޭނާ މިހާރު ވެސް މަސައްކަތް ކުރަމުންދާ ގޮތަށް ފިކްޝަން ޝޯތަކުގައި މަސައްކަތް ކުރަމުން ގެންދަން ނިންމާފައިވާ ކަމަށެވެ. މިހާރު ފިލްމް ތަކުނ ްވެސް ފުރުސަތު ލިބެމުން އަންނަ ސުނިލް  މިހާރު ވަނީ "ޔުނައިޓެޑް ކައްޗޭ" ކިޔާ އާ ކޮމެޑީ ޝޯއެއް ލޯންޗުކޮށްފަ އެވެ. ސުނިލްގެ އާ ޝޯ ދައްކަން ހަމަޖެހިފައިވަނީ ޒީ5 އިންނެވެ. އަދި ޝާހް ރުކް ޚާންގެ "ޖަވާން"ގައި ވެސް ސުނިލް ވަރަށް މުހިއްމު ރޯލެއް ކުޅެފައި ވެއެވެ.

 

View this post on Instagram

 

A post shared by Sunil Grover (@whosunilgrover)

ކަޕިލް ޝޯވ ގައި ސުނިލް ވަނީ ތަފާތު ކެރެކްޓާ ތަކަކުން ފެނިގެން ގޮސްފައިއެވެ. އެގޮތުން ޑޮކްޓަރު ގުލާޓީ އާއި ގުއްތީ ކިޔާ ކެރެކްޓާ އެއްގެ އިތުރުން ބޮލީވުޑްގް މަޝްހޫރު ފަންނާނުން ކޮޕީ ކޯށްގެންވެސް އޭނާ ވަނީ ކަޕިލް ޝޯވ ގައި ވަރަށް ބޮޑަށް މަގުބޫލު ވެގެން ގޮސްފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.