އިރްފާން ހާންގެ އެންމެ ފަހު ފިލްމު ގެ ޓްރެއިލާ މި އޮތީ

އިރްފާން ހާންގެ އެންމެ ފަހު ފިލްމު ގެ ޓްރެއިލާ މި އޮތީ

Author
ފާތިމަތު ނާވީ
22 އޭޕްރިލް 2023 05:52
0

ކެންސަރުގެ ބަލީގައި 2020 ވަނަ އަހަރު މަރުވި ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އިރުފާން ހާންގެ އެންމެ ފަހު ފިލްމު، "ދަ ސޯންގް އޮފް ސްކޯޕިއަންސް" ގެ ޓްރެއިލާ ނެރެފި އެވެ.

"ދަ ސޯންގް އޮފް ސްކޯޕިއަންސް" އަކީ އިންޓަނޭޝަނަލް ޕްރޮޖެކްޓެކެވެ. އަނޫޕް ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އިރްފާން ފެނިގެންދަނީ ޖަމަލު ވިޔަފާރިވެރިއެއްގެ ރޯލުންނެވެ.

އިންޑިއާ އާއި ބޭރުގެ މަސްހުނި ކާސްޓެއް އެކުލެވޭ މި ފިލްމް ވަނީ 2017 ގައި ބޭއްވި 70 ވަނަ ލޮކާނޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާ ކޮށްފައިއެވެ.

އިރުފާން ޚާންގެ ފިލްމު "ދަ ސޯންގް އޮފް ސްކޯޕިއަންސް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު އޭނާގެ އުފަންދުވަހު ކަމަށްވާ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.