ކެންސަރުގެ ބަލީގައި 2020 ވަނަ އަހަރު މަރުވި ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އިރުފާން ހާންގެ ފިލްމްއެއް މި މަހުގެ 28 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
އަނޫޕް ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އިރްފާން ފެނިގެންދަނީ ޖަމަލު ވިޔަފާރިވެރިއެއްގެ ރޯލުންނެވެ. "ދަ ސޯންގް އޮފް ސްކޯޕިއަންސް" އަކީ އިންޓަނޭޝަނަލް ޕްރޮޖެކްޓެކެވެ. އިންޑިއާ އާއި ބޭރުގެ މަސްހުނި ކާސްޓެއް އެކުލެވޭ މި ފިލްމް ވަނީ 2017 ގައި ބޭއްވި 70 ވަނަ ލޮކާނޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާ ކޮށްފައިއެވެ.
އިރުފާން ޚާންގެ ފިލްމު "ދަ ސޯންގް އޮފް ސްކޯޕިއަންސް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު އޭނާގެ އުފަންދުވަހު ކަމަށްވާ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.
ޕެނަރަމާ ސްޓޫޑިއޯސްގެ ތަތްގަނޑުގެ ނެރުމަށް ހަމަ ޖެހިފައިވާ މި ފިލްމް ގެ ކާސްޓުގައި އިރުފާން ގެއިތުރުން ފެނިގެންދާނީ ފްރާންސްގެ ބަތަލާ ގޮލްޝިފްތޭ ފަރަހާނީ އާއި ޓިލޮޓޯމާ ޝޯމާއި ވަހީދާ ރަހްމާނާއި ޝަޝަންކް އަރޯރާ އާއި ސާރާ އަރުޖުން އާއި ޝެފާލީ ބުޝަން އެވެ.
އިރްފާން މަރުވީ 2020 ވަނަ އަހަރުގެ އެޕްރިލް މަހުގެ 29 ވަނަ ދުވަހުގައިއެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ ހަމަ އެ އަހަރު ނެރުނު ފިލްްމް "އަނގްރޭޒީ މީޑިއަމް" އެވެ.
ކޮމެންޓު ފޮނުވާ