ސައުތުގެ މަޝްހޫރު އެކްޓަރު ނަނީ ގެ ކުރިއަށް އޮތް ފިލްމް "ނާނީ 30″ ސިނަމާތަކަށް ގެނަން ތާވަލް ކޯށްފިއެވެ. މި ފިލްމް ސިނަމާތަކަށް ގެންނަން ނިންމަިއފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 21 ގައިއެވެ.
މި ފިލްމް އަކީ ކާމިޔާބު އެތަށް ފިލްމް އެއް ކުޅެފައިވާ ނާނީ އާއި އެކުގައި ބޮލީވުޑްގެ ޒުވާން ބަތަލާ މުރްނާލް ޓާކުރް ފެނިގެން ދާނެ ފިލްމްއެކެވެ. މި ފިލްްމް އަޅުވާ ދުވަސް އިއުލާން ކުރުމަށް މިހަރު ވަނީ ނަނީ ގެ އިންސްތްރާމްގައި ޕޯސްޓަރެއްވެސް ހިއްސާ ކޮށްފައިއެވެ.
މި ފިލްްމް އަކީ ވަރަށް ތަފާތު ވާހަކަ އަކަށް ހަދާ ފިލްމްއެކެވެ. މަސްހުނި އިހުސާސް ތަކުގެ މައްޗަށް ބިނާވެފައިވާ މި ފިލްމް އަކީ ބައްޕަ އާއި އަންހެން ދަރިފުޅުގެ ގުޅުމަށް އަލިއަޅުވާލާނެ ފިލްމެކެވެ. މި ފިލްމްގެ ޕޯސްޓަރުތަށް އާންމު ކޮށްފައިވާ އިރުގައި ފެނިގެން ދަނީ ނާނީ ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ލޯތްބާއެކު ހިފަހައްޓައިގެން ހުއްނަތަނެވެ.
ފިލްމް އާއި ގުޅޭ ގޮތުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިއެއް ނުވެއެވެ. ލީޑުން ނާނީ އާއި މުރުނާލް ފެނިގެންދާނެ ކަން ފިޔަވާ މި ފިލްމް ގެ އިތުރު ކާސްޓްއާއި ބެހޭގޮތުން ވެސް އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ