"ދަ ކަޕިލް ޝަރުމާ ޝޯ" ދުވަސްކޮޅަކަށް މެދުކަނޑާލަނީ

"ދަ ކަޕިލް ޝަރުމާ ޝޯ" ދުވަސްކޮޅަކަށް މެދުކަނޑާލަނީ

Author
ފާތިމަތު ނާވީ
20 އޭޕްރިލް 2023 08:16
0

އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ކޮމޭޑީއަން ކަޕިލް ޝަރުމާގެ ޝޯވ "ދަ ކަޕިލް ޝަރުމާ ޝޯވ" އަނެއްކާ ވެސް މެދުކެނޑުމެއް ގެންނަން ނިންމައިފި އެވެ.

ސޮނީ ޓިވީން ގެނެސްދޭ މި ޝޯވ އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޝޯވ އެކެވެ. އަދި ޝޯވ ގައި ގިނަ ފިލްމް ތަކެއް ވެސް ޕްރޮމޯޓް ކުރެއެވެ. ނަމަވެސް ޝޯވ ދުވަސްކޮޅަކަށް މެދު ކެނޑިދާނެ ކަމަށް ކަޕިލް ވަނީ ބުނެފައިއެވެ.

"އަހަރުމެން މިހާރު ޕްލޭން ކޮށްފައި އޮތީ ޓުއާއެއް ޖުލައި މަހު. މީ އެމެރިކާ އަށް އޮތް ޓުވާއެއް. އެހެންވެ ފަހަރެއްގައި ޝޯވ މެދުކަޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު ވެސް މި ބަލަނީ  އެތަން ފޫބެއްދޭނެ ކޮންމެވެސް ގޮތެއްވޭތޯ. އަދި ވަގުތުވެސް އޮތުމާއި އެކުގައި ކޮންމެސް ގޮތެއް ހެދޭތޯ މި ބަލަނީ."

މިދިއަ އަހަރުވެސް ވަނީ ކަޕިލް ޝޯވ މެދުކަނޑައިލައިފައިއެވެ. އެއީ  ޖޫން މަހުގެ ތެރޭގައި ކަޕިލް އާއި އޭނަގެ ޓީމް އެމެރިކ/ކެނެޑާގެ ޓުއާއަކަށް ދިއުމާއި ގުޅިގެންނެވެ. އެއާއި އެކުގައި ގައި މި ޝޯވ އައު ސީޒަނާ އެކީ ޝޯ އަލުން ފެށީ ސެޕްޓެމްބަރު މަހުގެ 10 ގަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.