ބަތަލާ އިލިއާނާ ބަނޑުބޮޑު

ބަތަލާ އިލިއާނާ ބަނޑުބޮޑު

Author
ފާތިމަތު ނާވީ
19 އޭޕްރިލް 2023 06:52
0

ބޮލީވުޑްގެ ބަތަލާ އިލިއާނާ ޑި ކްރޫޒް އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް އޭނާ ބުނެފިއެވެ. އެކަން އިއުލާން ކޮށް އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ  "މަމާ" ޖަހަފައި ވާ ކަރުގައި އަޅާ ފަށު ފުލަކާއި ތުއްތު ކުއްޖެއްގެ ހެދުމެއްގެ ފޮޓޯއެއް ހިއްސާ ކޮށްފައިއެވެ.

މި ފޯޓޯ ދޫކޮށްލުމާއި އެކުގައި ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ އާއި ހެޔޮ ދުވާ ކޮށް ކޮމެންޓް ކޮށްފައިއެވެ. އަދި ބައެއް މީހުން ވަނީ އެކުއްޖާގެ ބައްޕަ އަކީ ކާކު ތޯވެސް ސުވާލު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Ileana D’Cruz (@ileana_official)

އިލިއާނާ އަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަށް މީޑީއާގައި ހިއްސާ ކުރުމަށް އަބަދުވެސް ދެކޮޅުހަދާ ބަތަލާއެކެވެ. މީގެ ކުރިން ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިލިއާނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކެޓްރީނާ ކައިފްގެ ކޮއްކޮ ސެބެސްޓިއަން ލޯރެންޓް މިޝެލްއާ އެވެ. ނަމަވެސް އެހަބަރު އެދެމީހުން ކުރެ އެކަކުވެސް ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ.

ނަމަވެސް މި ދެތަރިންގެ ލޯބީގެ ވާހަކަތައް ފެތުރުނީ ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފްއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އެ ދެ ތަރިން ފެނުމުންނެވެ. އެއީ ކެޓްރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ކުރި ދަތުރެކެވެ.

އިލިއާނާ  މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފޮޓޯގްރާފަރު އެންޑްރޫ ނީބޯންއާ އާއިއެވެ. އެދެމީހުން ދެތިން އަހަރު އެކުގައި އުޅުމަށް ފަހު ރުޅިވި ސަބަބެއް މިހާތަނަށް ހާމަ ކޮށްފައިއެއް ނުވެއެވެ.

އިލިއާނާ އެންމެ ފަހުން ފެނިގެން ދިޔައީ އަބީޝެކް ބައްޗަން އާ އެކު ކުޅުނު "ބިގް ބުލް" އިންނެވެ. ޑައިރެކްޓަރު ކޫކީ ގުލާޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަޖޭ ދޭވްގަން ޕްރޮޑިއުސްކުރި ފިލްމެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރަންދީޕް ހޫޑާއާ އެކު "އަންފެއާ އެންޑް ލަވްލީ" އިންނެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.