ކޮންމެ އަހަރަކު ވެސް ރޯދަ މަހުގައި ބާބާ ސިއްދީގީ ބާއްވާ ރޯޑަ ވިއްލުމަކީ މުޅި ބޮލިވުޑް އެކުގައި ހެން ފެނިގެންދާ ވަރަށް ކުލަ ގަދަ ހަފްލާއެކެވެ. އެގޮތުން މި އަހަރުގެ ރޯދަ ވިއްލުން މި ހަފްތާގެ އާދިއްތަ ދުވަހު މި ރޯދަ ވިއްލުން ބާއްވާފައި ވަނީ މިދިއަ އާދިއްތަ ދުވަހުގައިއެވެ.
މި ރޯދަ ވިއްލުމުގައި ވެސް ބޮލީވުޑްގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރި ވެފައިއެވެ. އަދި މި ރޯދަ ވިއްލުމުގައި މިހާރު ބޮލީވުޑް އިން "ގެއްލި" ގައިބާ ބަތަލާ ސަނާ ހާން އާއި އޭނާގެ ފިރިމީހާވެސް ވަނީ ފެނިގެން ގޮސްފައިއެވެ. ސަނާ އަކީ ދީނައްޓަކައި ކަމަށް ބުނެ ބޮލީވުޑް ދޫކޮށްލި ބަތަލާއެކެވެ.
ސަނާ އާއި އޭނާގެ ފިރިމީހާ ބައިވެރި ވި މި ރޯދަ ވިއްލުމުގެ ވީޑީއޯ ކޮޅެއް ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ. މި ވީޑީއޯގައި ޕާޓީގެ ތެތެއިން ސަނާގެ އަތުގައި ހިފައިގެން އޭނަގެ ފިރިމީހާ މުފްތީ އަނަސް ސައްޔިދު ދާ މަންޒަރު ފެނެއެވެ. ބާރު ހިންގުމުގައި ސަނާ "ދަމަމުން" ކަހަލަ ގޮތަކަށް ގެންދާ މި ވީޑިއޯ ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ.
އެއާއި އެކުގައި ނިގަ ބައެއްގެ ފާޑު ކިއުން ވަނީ އަނަސް އަށް އަމާޒުވެފައިއެވެ. ނަމަވެސް ސަނާ ވަނީ އޭނާގެ ފިރިމީހާގެ ދިފާއުގައި ވާހަކަ ދައްކައިފައިއެވެ. އެގޮތުން ސަނާ ބުނީ އޭނަ ދަމަމުން ގެންދާ ކަމަށް ހީވިޔަސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ. އަދި އެކަން ހިނގައިދިއަ ގޮތް އޭނާ ވަނީ ކިޔައިދީފައިއެވެ.

މި މަހުގައި ސަނާ ވަނީ އޭނާ ބަނޑުބޮޑު ކަން ވެސް އިއުލާން ކޮށްފައިއެވެ. ޓީވީ އިންޓަވިއުއެއްގައި ސަނާގެ ދެމަފިރިން ބައިވެރި ވަނީ އެމީހުންނަށް އަލަތު ދަރިފުޅު ލިބެން އުޅޭ ކަން އިއުލާން ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ