ޝެހެނާޒް އާއި އަހަރެންނާއި އެއްވެސް ލޯބީގެ ގުޅުމެއް ނެތް: ރާގަވް

ޝެހެނާޒް އާއި އަހަރެންނާއި އެއްވެސް ލޯބީގެ ގުޅުމެއް ނެތް: ރާގަވް

Author
ފާތިމަތު ނާވީ
18 އޭޕްރިލް 2023 09:12
0

މަޝްހޫރު ނެށުންތެރިއާ ރާގަވް ޖުޔާލް އާއި ބިގްބޮސްއިން މަގުބޫލުކަން ހޯދި ޝެހެނާޒް ގިލް ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ އިންޑިއާ ނޫސްތަކުން ފަތުރަމުންދާ ޚަބަރުތައް ރާގަވް ޖަވާބު ދީފި އެވެ.

"ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ސަލްމާން ދެއްކި ވާހަކަ އަކާއި ގުޅިގެން އެދެމީހުން ރައްޓެހި ވެގެން އުޅޭ ކަމުގެ އަޑުތަށް ފެތުރެން ފެށި ނަމަވެސް މިއަދާއި ހަމައަށް ވެސް ދެމީހުން ކުރެ އެކަކުވެސް އެވާހަކަތަކާއި ގުޅިގެން ވާހަކަ ދައްކައިފައިއެއް ނުވެއެވެ.

އެ އިވެންޓުގައި ސަލްމާން ރާގަވް އާއި ޝެހެނާޒްގެ ކެމިސްޓްރީ އާ ގުޅޭ ގޮތުން ސަލްމާން ވަނީ ވާހަކަ ދައްކައިފައިއެވެ. އަދި ޝެހެނާޒް މޫވްއިން ކުރަން ވެއްޖެ ކަމަށް ވެސް އެ ޝޯވ ގައި ސަލްމާން ވަނި ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

މިވާހަކަ ތަކާއި ގުޅިގެން ފުރަތަމަ ފަހަރަށް ރާގަވް ޗވަނީ ވާހަކަ ދައްކައިފައިއެވެ. މި ވާހަކަ މާ ހޫނުވުމުން ރާގަވް ވަނީ މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެދެމީހުން ގެ މެދުގައި ލޯބީގެ އެއްވެސް ގުޅުމެއް ނެއް ކަމަށްވެސް ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Raghav Juyal (@raghavjuyal)

ޝެހެނާޒް އާއި ރާގަވް އެކުގައިި ކުރިއަށް އޮތް ސަލްމާން ހާން އާއި ޕޫޖާ ހޭގްޅޭ ލީޑުން ފެނިގެންދާ ފިލްމް "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އިން ފެނިގެންދާނެއެވެ. މީ ކުރިއަށް އޮތް ހުކުރު ދުވަހުގައި ރިލިޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. މީ ރާގަވް އަދި ޝެހެނާޒް އެކުގައި ފެނިގެން ދާ ފުރަތަމަ ފިލްމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.