މާލޭ ފަޅުގެެއްގައި ރޯވި އަލިފާން ނިއްވާލައިފި

މާލޭ ފަޅުގެެއްގައި ރޯވި އަލިފާން ނިއްވާލައިފި

Author
މުޙައްމަދު ޝަޒައިމް
17 އޭޕްރިލް 2023 08:50
0

ނ. ނިއުޕްލާޒާ ބިންޑިންގ ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.

މިހާދިސާގެ ރިޕޯޓް މިއަދުގެ 17:26ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ގޮސް ބެލި ބެލުމުން އަލިފާން ރޯވެފައި ވަނީ އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހުރި ކުނިތަކެއްގައެވެ. އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަަސައްކަތުން ކުނިތަކުގައި ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ހަވީރު 17:38 ހާއިރުއެވެ.

މި އިމާރާތަކީ މީހުން ދިރިނޫޅޭ ފަޅަށް ހުރި އިމާރާތެކެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު ތަނަކަށްވެސް ގެއްލުމެއް ލިބިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.