ކެރިއަރުގެ ކުރިކޮޅުގައި ފަލަ ކަމަށާއި އަދި ކަޅުކަމަށް ބުނެ ގިންބައެއްގެ މަލާމާތް ލިބުނު ކަމަށް ހުނަރުވެރި ބަތަލާ ކާޖޮލް ބުނެފިއެވެ. އަދި މަލާމާތ ްކުރި މީހުންގެ ތެރޭގައި ފިލްމް އުފައްދާ މީހުން ހިމެނޭ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
ކާޖޮލް ބުނި އޭނާގެ ހަންގަޑު އަލި ކުރުމަށް ނުވަތަ ދޮން ވުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ފިލްމް ތަކުގައި ކުރީގައި އެ ފެނުނީ ވަރަށް ބޮޑަށް ޓޭން ވެފައި ހުއްޓައި ކަަމަށް އޭނާ ވަނީ ބުނެފއެވެ.

"ހިއުމަންސް އޮފް ބޮމްބޭ" އަށް ދިން އިންޓަވިއު އެއްގައި ކާޖޮލް ބުނީ ފިލްމު ކުޅެން ފެށިތާ ކުރީކޮޅު އޭނާ ހުރީ ފަލަކޮށް އަދި ހަންގަނޑު ވެސް ހުރީ ވަރަށް ކަޅުކޮށެވެ. އެކަމަކު ހަންގަނޑު އަލި ކުރުމަށް އެއްވެސް އެއްޗެއް ބޭނުން ކޮށް ނުވަތަ ސާޖަރީޢެއް ހަދައިފައި ނުވާނެ ކަމަށް ވަނީ ބުނެފައިއެވެ.
"އަހަރެން އަބަދުވެސް ކުރިން އުޅުނީ އައިނު އަޅައިގެން، ފުރަތަމަ ފިލްމް ކުޅެން ފެށިތާ ކުރީ ކޮޅު އަހަރެން ފަލަ އަދި ހަމުންވެސް ކަޅު. މީހުން ގެ ވަރަށް މަލާމާތް ލިބުން. ފާޑު ފާޑު އެއްޗެތި އޭނާއަށް ދިމާލަށް ވެސް ބުނޭ. އެކަމަކު މީހުން ކިޔާ އެއްޗިއްސަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަން. އެހެންވެ ކަންނޭގެ މިހާރަނގަޅު ކެރިއަރެއް މި ބިނާ ކުރެވުނީވެސް."
ވަރަށް ގިނަ ބަޔަކު އެކި ފާޑު ފާޑު އެއްޗެތި އޭނާއަށް ދިމާލަށް ބުނެފައިވާކަމަށް ވެސް ކާޖޮލް ބުންޏެވެ. ކާޖޮލް ފަހުން ހަންގަނޑު އަލިކޮށް ރީތިކުރަން ސާޖަރީ ހެދި ކަމުގެ ޚަބަރުތައް ތަންކޮޅެއް ކުރިން ވަރަށް ގަދަޔަށް ދެކެވުނެވެ. މިވާހަކަތަށް އޭނާ ދޮގުކުރެއެވެ. ނަމަވެސް އެއްވެސް ސާޖަރީއެއް ނުހާދާ ކަމަށް ކާޖޮލް ބުނާ ވާހަކަ ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.
ގިން ބަޔަކު އިއްތިފާގްވާ ގޮތުގައި ކާޖޮލް ދޮންވުމަށް ވަނީ ސާޖަރީއެއް ހަދައިފައިއެވެ. އަދި ހަމަ އެއާއި އެކު އޭނާގެ އަންހެން ދަރިފުޅުވެސް ދޮންވުމަށް ސާޖަރީ ހެދިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއީ ކުރި އާއި މިހާރު އެމީހުންގެ ހަމުކުލަ އެހާ ބޮޑަށް ތަފާތު ވުމުން ކަމަށް އެމީހުން ބުނެއެވެ.

ކާމިޔާބު އެތަށް ފިލްމް އެއް ކުޅެފައިވާ ބަތަލާ އެންމެ ފަހުން ފެނިގެންދިއައީ "ސަލާމް ވެންކީ" އިންނެވެ. ކުރިއާ ހިލާފަށް މިހާރު 48 އަހަރުގެ ބަތަލާ ބޮޑު ސްކްރީން އިން ފެންނަލެއް ވަރަށް މަދެވެ. އޭނާގެ ކުރިއަށް އޮތް ފިލްްމް އަކީ "ލަސްޓް ސްޓޯރީ 2″ އެވެ.
ކޮމެންޓު ފޮނުވާ