އަނަންޔާ ހުރީ ހުސްކޮށް: މަންމަ

އަނަންޔާ ހުރީ ހުސްކޮށް: މަންމަ

Author
ފާތިމަތު ނާވީ
17 އޭޕްރިލް 2023 07:30
0

އަނަންޔާ ޕާންޑޭ އާއި އެކްޓަރު ސިދާތް ރޯއީ ކަޕުރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވަހަކަތަށް އަނަންޔާ ގެ މަންމަ ބާވްނާ ޕާންޑޭ ދޮގުކޮށްފިއެވެ.

ބާވްނާ އޭނާގެ ދަރިފުޅުގެ ދިފާއުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ބުނީ ފިލްމީ ދާއިރާގައި ދެ މީހަކު އަޅުވާކިޔުމަކީ އާއްމު ކަމެއް ކަމަށާއި އޭގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ ގެ ދަރިފުޅު އެކަކާއި ވެސް ރައްޓެހި ވެގެން ނޫޅޭ ކަމަށާއި އޭނާ ހުރީ ސިންގަލް ކޮށް ކަމަށް ވެސް ބުނެފައިވެއެވެ.

އަނަންޔާ އާއި އަދިތްޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ ދުވަސް ކޮޅެއް ވެއެޖެއެވެ. އަދި އެފަހުން އެދެތަރިން ވަނީ އެކުގައި އިވެންޓް ތަކުގައި ބައިވެރިވެ ދެކެވޭ ވާހަކަތަށް އިތުރަށް ދައްކުވަން ފުރުސަތު ދިފައިއެވެ. އެގޮތުން މިދިއަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ މެޗެއް ބަލައިލުމަށް އެމީހުން ގަތަށް ގޮސްފައިވާ ކަމަށް ވެއެވެ. އަދި މިއަހަރު ބޭއްވި ލެކްމޭ ފެޝަން ޝޯގައި ދެމީހުން އެކުގައި ރޭމްޕްގައި ހިނގައިފައި ވެއެވެ.

 

View this post on Instagram

 

A post shared by Ananya 💛💫 (@ananyapanday)

އަދި މީގެ އިތުރުން މި އިވެންޓުގެ ބައެއްފޮޓޯތަކުގައި ދެމީހުން ވަރަށް ގައިގޯޅި ކޮން ފެނިގެން ވެސް ގޮސްފައިވެއެވެ. ކޮންމެއަކަސް މިހުރިހާ ކަމަކަށް ރިއާއަތް ކޮށް މީޑިއާއިން އެމީހުން ރައްޓެހި ވެގެން އުޅޭ ކަމަށާއި އަދި ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ބުނި ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށް ބާވްނާ މިވަނީ ބުނެފައިއެވެ.

ނެޓްފްލިކްސްގެ ރިއަލިޓީ ސިލްސިލާ 'ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް' އިން ފެންނަ ބާވްނާ އީޓީ ޓައިމްސްއާ ވާހަކަދައްކަމުން ވަނީ ފިލްމީ ދާއިރާގައި މަސައްކަތްކުރުމާ ގުޅޭގޮތުން ގިނަ ވާހަކަ ތަކެއް ވަނީ ދައްކައިފައިއެވެ.

 

View this post on Instagram

 

A post shared by Bhavana Pandey (@bhavanapandey)

ބާވްނާ އާއި އެކްޓަރު ޗަންކީ ޕާންޑޭގެ ދޮށީ ދަރި އަނަންޔާ އެންމެ ފަހުން ފެނިފައިވަނީ ވިޖޭ ދެވެރަކޮންޑާއާ އެކު މިދިއަ އަހަރުގެ ފިލްމް 'ލައިގާ' އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމް ތަކުގެ ތެރޭގައި އަޔުޝްމާން ކުރާނާ އާއި އެކުގައި ފެނިގެންދާ ފިލްމް 'ޑްރީމް ގާލް2،' އާއި  'ކޯ ގަޔޭ ހަމް ކަހާނ' ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.