ސެބްރިޓީން ނަކީ އިންސާނުން، ޒުވާބު ވެސް ކުރާނެ: އައިޝްވަރްޔާ

ސެބްރިޓީން ނަކީ އިންސާނުން، ޒުވާބު ވެސް ކުރާނެ: އައިޝްވަރްޔާ

Author
ފާތިމަތު ނާވީ
17 އޭޕްރިލް 2023 05:45
0

ބޮލީވުޑްގެ ރީތި ބަތަލާ އައިޝްވަރްޔާ ރާއީ އާއި އާއި އެކްޓަރު އަބިޝާކެ ބަޗަން މައްސަލަ ޖެހިގެން އުޅޭ ކަމަށާއި އެމީހުންގެ ކަިއވެނި މިހާރު އޮތީ ނިމުމުގެ މަގުމަތިގައި ކަމަށް ބުނެ މީޑިއާއިން މިދުވަސް ކޮޅު އަންނަނީ ހަބަރު ފަތުރަމުންނެވެ.

އަދި އެކަމުގެ ޕްރޫފެއްގެ ގޮތުގައި އެމީހުން ޒުވާބް ކުރާ ވީޑިއޯއެއް ކަމަށް ބުނެ ވީޑިއޯއެއް ވެސް ވަނީ އާންމު ކޮށްފައިއެވެ. އަދި އެމީހުން ޒުވާބް ކުރުމުން އެދެމީހުންގެ ހަމަ އެކަނި ދަރިފުޅު އާރާދްޔާ އައިޝްވަރްޔާ ރުޅިމަޑު ކުރެވޭތޯ މަސައްކަތް ކުރާތަން އެވީޑިއޯއިން ފެނިގެންދެއެވެ.

Aishwarya rolls eyes at Abhishek then snaps at Navya 🤣 🤣
by u/asamshah in BollyBlindsNGossip

މި އަޑުތަށް އެންމެ ބޮޑަށް ގަދަވީ މިފަހުން އިންޑިއާގެ މަހުޖަނު ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރުގެ ގްރޭންޑް އޯޕަނިންއިން އައިޝްވަރްޔާ ފެނިގެންދިއައީ ހަމަ އެކަނި ދަރިފުޅާއި އެކުގައި ކަމަށްވުމެވެ. މި ސެންޓަރު އޯޕެނިންގެ އެއްވެސް އިވެންޓެއްގައި އަބިޝޭކް ބައިވެރި ވެފައިއެއް ނުވެއެވެ. ނަމަވެސް އެ އިވެންޓުގައި އައިޝްވަރްޔާގެ ކުރީގެ ލޯބިވެރިއާ ސަލްމާން ހާން ބައިވެރިވިއެވެ. އަދި އެދެމީހުންގެ ފޮޓޯތައް އެޑިޓްކޮށްގެން ފޭނުން ދަނީ އަނބުރަމުންނެވެ.

އެއާއި އެކުގައި ހަގީގަތުގައި ވެސް އެމީހުން މައްސަލަ ޖެހިގެން އުޅޭ ކަމަށާއި އަދި ވަރިވާ އުޅޭ ކަމުގެ އަޑުތަށް ގަދަވިއެވެ. އަދި އެމީހުން ޒުވާބް ކުރާ ވީޑިއޯ ވެސް ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ.

އެވީޑިއޯ އާއި ގުޅިގެން އައިޝްވަރްޔާ ވަނީ ކޮމެންޓް ކޮށްފައިއެވެ. އޭނާ ބުނީ ސެލެބްރިޓީން ނަށް ވިއަސް އެމީހުންނަކީވެސް އިންސާނުން ކަމަށެވެ. އަދި އިހުސާސްތަށް ވެސް ހުންނަ ކަމަށާއި ޒުވާބު ވެސް ކުރާނެ ކަމަށެވެ. އަދި އެއީ ހައިރާން ވާންޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

ވަރިއާއި ބެހޭގޮތުން ދެތަރިން ކުރެ އެކަކުވެސް މިހާތަނަށް ވާހަކަ ދައްކައިފައިއެއް ނުވެއެވެ. އަބިޝޭކް އާއި އައިޝްވަރްޔާ ކައިވެނި ކުރީ 2007 ވަނަ އަހަރުގައިއެވެ. އަދި އެމީހުންނަށް ދަރިއަކު ލިބިފައިވަނީ 2011 ވަނަ އަހަރުގައިއެވެ.

މަސައްކަތަށް ބަލާއިރުގައި އައިޝްވާރްޔާ މިހާރު ސްކްރީން އިން ފެނިގެން ދަނީ ވަރަށް މަދުންނެވެ. އެގޮތުން 49 އަހަރުގެ ރީތި ބަތަލާގެ ކުރިއަށް އޮތް ފިލްްމްއަކީ "ޕީއެސް2″ އެވެ. އަނެއް ކޮޅުން އަބިޝޭކް،47، ގެ ކުރިއަށް އޮތް ފިލްމް އަކީ "ގޫމޭ"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކައިދާ
ސާބަސް އެއީ ކަބައްޑީ މެޗަކަށް ގޮސްގެން އުޅޭ ތަނެއް ވެދާނެ އަބީޝޭކްގެ ޓީމް ބަލިވީމާ އެކަމާ ނުރުހިގެން އުޅުނީ ކަމަށް އަބީޝޭކް ގެ އޮވޭ ކަބައްޑީ ޓީމެއް