ބޮލިވުޑްއަދި ސައުތުގެ މަޝްހޫރު ބަތަަލާ ޕޫޖާ ހޭގްޅޭ އާއި ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރިންގެން ދިއައީ އެމީހުން އެކުގައި ފެނިގެންދާ އަލަތު ފިލްމް "ކިސީ ކާ ބާއީ ކިސީ ކީ ޖާން", ގެ ޝޫޓިން ފެށުމާއި އެކުގައިއެވެ.
އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބައެއް ނޫސްތަކުން ބުނަމުން ދިއަ އިރުގައި އަނެއްބައި ނޫސްތަކުން ބުނަމުން އައީ އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށެވެ. ނަމަވެސް މީގެން އެއްވެސް ވާހަކަ އަކަށް މިހާތަނަށް މި ދެތަރިން ކުރެ އެކަކުވެސް އެއްޗެއް ބުނެފައިއެއް ނުވެއެވެ. އެހެން ކަމުން ނޫސްވެރިން މިވާހަކަ އިތުރަށް ބޮޑު ކޮށްގެން އަންނަނީ ދައްކަމުންނެވެ.
ބެލެވޭ ގޮތުގައި ޕުޖާ ހުރީ ރަނގަޅު ދަނޑިވަޅަކަށް ބަލަބަލައެވެ. އޭނާ ވަނީ މިވާހަކަ ތަކަށް ރައްދު ދީފައިއެވެ. އަދި އޭނާ ހުރީ ސިންގަލް ކޮށް ކަމަށާއި އަދި އުފަލުން ކަމަށް ވަނީ ބުނެފައިއެވެ.
"އަހަރެންނޭ ކިޔައިގެން ތަފާތު ގިނަ ވާހަކަތަށް ދައްކާކަން އިނގޭ. އެކަމަކުވެސް ބުނެލަން ބޭނުން ވަނީ އަހަރެން ސިންގަލް އޭ. އަދި އެއަށް ވުރެ ބޮޑަށް އަހަރެން މިހުރީ އުފަލުން. ސިންގަލް އެންޑް ހެޕީ. މިވަގުތު އަހަރެންގެ ފޯކަސް ހުރީ ކެރިއަރަށް."
ޕޫޖާ ބުނީ މިވަގުތު އޭނާ އެވެސް އިތުރު ކަމަކަށް އިސްކަން ނުދޭ ކަމަށާއި ހަމަ އެކަނި ކެރިއަރަށް ސަމާލުކަން ދޭކަމަށެވެ. އަދި ފާޑުފާޑު ގެ އާޓިކަލް ތަށް އޭނާ އަށް ފެންނަ ކަމަށާއި އެކަމާއި އޭނާ އަޅައިނުލާ ކަމަށެވެ.
ޕުޖާ އާއި ސަލްމާން ލީޑު ކުޅެފައިވާ ފިލްމް "ކިސީ ކާ ބާއީ ކިސީ ކީ ޖާން" މި ހުކުރު ދުވަހުގައި ސިނަމާތަކަށް އަންނާނެއެވެ. މި ފިލްމް އަކީ މިދެތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމްއެވެ.
ކޮމެންޓު ފޮނުވާ