މާ ކަރުބޮޑު ހެދުން ސަލްމާން އަށް ކަމަކު ނުދޭ: ޕަލަކް

މާ ކަރުބޮޑު ހެދުން ސަލްމާން އަށް ކަމަކު ނުދޭ: ޕަލަކް

މާ ބޮޑަށް ކަރު ބޮޑު ހެދުން ތަކަކީ ސަލްމާން އެހާ ގަޔާވާ ހެދުން ތަކެއް ނޫން ކަމަށް ޕަލަކް ތިވާރީ ބުނެފިއެވެ.

ޕަލަކް އަކީ މަޝްހޫރު ބަތަލާ ޝްވެތާ ތިވާރީގެ އަންހެން ދަރިފުޅެވެ. ޝްވޭތާ އާއި ސަލްމާން އަކީ ގާތް ދެ އެކުވެރިންނެވެ. އެގޮތުގެ މަތިން ފަލަކް އަށް ވަނީ ސަލްމާން ގެ ކުރިއަށް އޮތް ފިލްމް އިން ޖާގަ ލިބިފައިއެވެ. މިމަހުގައި ރިލީޒް ކުރާ އެ ފިލްމް އަކީ "ކިސީކާ ބާއި ކިސިކީ ޖާން," އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމް ގައި ޕަލަކް ރޯލެއް ކުޅޭއިރުގައި މީ އޭނާ މިފަދަ ފިލްމް އަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ވީޑިއޯ ލަވަ އަކުން ފެނިގެން ގޮސްފައިއެވެ. މީ ޕަލަކް ގެ ބޮލީވުޑް ޑެބިއުއެވެ.

މި ފިލްމްގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަ ދައްކަމުން ޕަލަކް ބުނެފައި ވަނީ ސަލްމާން އަކީ މިސާލެއް ފަދަ ރަނގަޅު މީހެއް ކަމަށާއި އޭނާގެ ފަރާތުން ވަރަށް ގިނަ ނަސޭހަތް ލިބޭ ކަމަށެވެ. އެގޮތުން ސަލްމާން އަށް ކަރު ބޮޑު ހެދުން ވަރަށް ކަމު ނުދާ ކަމަށް ޕަލަކް ވަނި ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Palak Tiwari (@palaktiwarii)

މިމަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރާ  "ކިސީކާ ބާއި ކިސިކީ ޖާން," ގެ ލީޑުން ސަލްމާން އާއި ޕޫޖާ ހޭގްޅޭ ފެނިގެންދާ އިރުގައި މި ފިލްމްގެ ކާސްޓުގައި ޕަލަކް އާއި އެކުގައި ޝެހެނާޒް ގިލް، މަލްވިކާ ޝަރްމާ، ރާގަވް ގެ އިތުރުން ސައުތުގެ މަޝްހޫރު އެކްޓަރު ދަގުބަތީ ވެންކަޓޭޝް އާއި ޖަގަޕަތީ ބާބޫ ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *