ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ އަޖޭ ދޭވްގަން އާއި ކަޖޮލް ގެ އަންހެން ދަރިފުޅު ނިސާ އަކީ މިހާރު އެކުއްޖެއްގެ ބޯކޮޅު ބަލަމުން ޕަޕަރާޒީން އެންމެ ގިނައިން އުޅޭ އެއްކުއްޖަކަށް ވާނެއެވެ.
ޒުވާން ނިސާ ވަނީ ޕަޕަރާޒީން އޭނާގެ ނަން ގޯސް ކޮން ބޭނުން ކުރާތީ އެނަން ރަނގަޅު ކޮށްދީފައިއެވެ. އެގޮތުން އޭނާގެ ބޯކޮޅު ބަލަމުން ޕަޕަރާޒީން ވަނީ މީގެ ދެދުވަހެއް ކުރިން އޭނާ ރެސްޓޯރެންޓަކުން ނުކުންނަނިކޮން ފޮޓޯ އާއި ވީޑިއޯ ނަފައިއެވެ.
އެއީ ނިސާ އެކްޓަރު މޫނީ ރޯއީ އާއި ތުޝާރް ކަލިއާ އަދި އެ މީހުންގެ އެކުވެރިޔާ އޯހަން އަވަތުރަމާނީ (އޮރީ)އާ އެކު ރޭގަނޑުގެ ކެއުމަކަށް ފަހު ރެސްޓޯރެންޓުން ނުކުންނަނިކޮންނެވެ. އެއާއި އެކުގައި ޕަޕަރާޒީން ނައިސާ ނައިސާ އޭ ގޮވައިގެން އޭނާ ހުއްޓުވަން މަސައްކަތް ކުރެއެވެ. ނަމަވެސް ހުއްޓުމެއް ނެތި ގޮސް ކާރަށް އަރައެވެ. އަދި ކާރުގެ ދޮރު ލެއްޕުމުގެ ކުރިން ތިމަންނާގެ ނަމަކީ ނިސާ ކަމަށް ބުނެއެވެ.
ދަރިފުޅު ނިސާ "މުޅި ދުނިޔެއަށް މަޝްހޫރު" ކަމަށާއި ސޯޝަލް މީޑިއާއާ އެކު ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ބުނެ ކާޖޮލް މިދިޔަ ޑިސެމްބަރު މަހު ވާހަކަދައްކާފައިވެ އެވެ. އަދި ދަރިފުޅާއި މެދުގައި ފަހުރު ވެރިވާ ކަމަސްވެސް ބުނެފައި ވެއެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ ނިސާ މާގިނައިން ޕާޓީ ކުރާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ވާހަކަ ދައްކައިފައިއެވެ.
ކޮމެންޓު ފޮނުވާ