20112 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ރައުޑީ ރާތޯޑު" ގެ ދެވަނަ ބައި ސިދާތު މަލްއުތުރާއާ އެކީ ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމް އަކީ ލީޑުން އަކްޝޭ ކުމާރު ފެނިގެންދިއަ ފިލްމް އެކެވެ. ބަތަލާ އެއްގެ ގޮތުގައި ފިލްމް އިން ފެނިގެންދިއައީ ބަތަލާ ސޮނާކްޝީ ސިންހް އެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި މި ފިލްމް ގެ މުހިންމު ރޯލު ތަކުން ޕަރޭޝް ގަނަތްރާ، ސަޕްރީތް ރެޑި، ޔާޝްޕަލް ޝަރްމާ އަދި ނަސަރް ފާހަގަ ކޮށްލެވެއެވެ.
މީޑީއާ އިން ބުނާގޮތުގައި މި ފިލްމް އުފެއްދުމުގެ މަޝްވަރާތަށް މިހާރު ވަރަށް ބާރަށް ދަނީ ކުރިއަށް ކަމަށެވެ. ފިލްމް ގެ ޑައިރެކްޓަރަކީ "ބޫލް ބުލައްޔާ 2″ ގެނެސްދިން ޑައިރެކްޓަރު އަނީސް ބަޒްމީ ކަމަށް ވެސް ވެއެވެ. "ބޫލް ބުލައްޔާ 2″ އަކި ސިދާތްގެ އަންހެނުްނ ކިއާރާ އަދުވާނީ ލީޑުން ފެނިގެންދިއަ ފިލްމްއެކެވެ.
ހަބަރުތަށް ބުނާގޮތުގައި "ރައުޑީ ރާތޯޑު 2″ ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށް ވަނީ ޕްލޭން ކޮށްފައިއެވެ. އަދި މީގެ ޝޫޓިން އެއްވާނެއްގައި ކުރިއަށް ގެންގޮސް ތިން މަސްތެރޭގައި ނިންމަން އަމާޒު ހިފާފައިވާ ކަމަށްވެސް ވއެވެ. ނަމަވެސް އަދި ރަސްމީކޮން މި ފިލްމް އިއުލާން ކޮށްފައިއެއް ނުވެއެވެ.
"ރައުޑީ ރާތޯޑް" އަކީ "އާރްއާރްއާރް" އާއި "ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ 2006 ގެ ތެލެގޫ ފިލްމު "ވިކްރަމަރްކުޑޫ" ގެ ރިމޭކެކެވެ.އަކްޝޭގެ "ރައުޑީ ރާތޯޑް" ޑައިރެކްޓްކުރީ މަޝްހޫރު ނެށުންތެރިޔާ/އެކްޓަރު ޕްރަބޫދޭވާ އެވެ.
ކޮމެންޓު ފޮނުވާ