ދިއްދޫ ޖުނިއަރ ކޮލެޖު ޢިމާރާތްކުރުމުގެ ބޮޑުބައެއް ނިމިއްޖެ

ދިއްދޫ ޖުނިއަރ ކޮލެޖު ޢިމާރާތްކުރުމުގެ ބޮޑުބައެއް ނިމިއްޖެ

Author
ޢަލީ އާދަމް
14 އޭޕްރިލް 2023 02:34
0

ހއ.ދިއްދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން ވޮކޭޝަނަލް ދާއިރާއާ ގުޅުންހުރި ކޯސްތައްވެސް މިތަނުން ހިންގާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫއެކެވެ. ހއ.ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތްކުރުމަށް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.