އުމުރާއަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

އުމުރާއަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

ގުޅުންހުރި

އުމުރާއަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ތާބިއާތް ހައްޖު އެންޑް އުމުރާ ޖަމާޢަތުގެ ހަވާލުގައި ޢުމްރާއަށް ގޮސް އުޅޭ ހއ. ހޯރަފުށީ ނޫވިލާގެ، ފާޠިމަތު ވަޙީދާއެވެ.

އެ ޖަމާއަތުން ބުނީ އޭނާ ޢާއިލާގެ އެހެން މީހުންނާއި އެކު ދަމުނަމާދަށް ދިއުމަށްފަހު، މޯބައިލް، ކާރޑު އަދި ދަބަސް ބޭއްވުމަށްފަހު ޢާއިލާގެ މެންބަރުންނާއި ދުރަށް ދިއުމަށްފަހު އެނބުރި ހޮޓަލަށް އައިސްފައި ނުވާ ކަމަށެވެ.

އެހެންކަމުން މައްކާގައި މިހާރު އުޅޭ އެއްވެސް ފަރާތަކަށް ފޮޓޯގައިވާ މީހާ ފެނިއްޖެނަމަ، އެ ޖަމާޢަތުގެ ހޮޓްލައިން، 0567066482 / 0540785217 / 0560878064 އަށް ގުޅައި އެކަން އަންގައި ދުނުމަށް ވެސް އެ ޖަމާއަތުން ވަނީ އެދިފައެވެ. އެ ޖަމާއަތުން ބުނީ ފާޠިމަތު ވަޙީދާ ދަމުނަމާދަށް ދިޔައިރު ލައިގެން ހުރީ ފިޔާތޮށިކުލައިގެ މާޖެހި، ދަނބުކުލައިގެ ހެދުމެއް ކަމަށެވެ. އަދި އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ