ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައިސްކަމަށް މުނައްވަރު، ނައިބު ރައީސްކަމަށް މިންހަތު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައިސްކަމަށް މުނައްވަރު، ނައިބު ރައީސްކަމަށް މިންހަތު

Author
މުޙައްމަދު ޖިމީ
29 ނޮވެމްބަރ 2020 04:29
0

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމަށް މުޙައްމަދު ނުނައްވަރުއ ަދި ނާއިބު ރައީސްކަމަށް ފާޠިމަތު މިންހަތު ޢިއްޒަތު ހަމަޖައްސައިފިއެވެ.

ޓްރައިބިއުނަލްގެ ރައީސްއާއި ނާއިބު ރައީސް މިއަދު ހަމަޖައްސާފައިވާއިރު، ޓެކްސް އެޕީލް މިއަދު ފަސް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ އެޓްރައިބިއުނަލްއަށް ޢައްޔަނުކުރައްވާފައެވެ. އެެ ފަސް މެންބަރުންގެ ތެރޭގައި ހިމެނެނީ ރައީސްކަމަށް އައްޔަންކުރި އއ. މަތިވެރި ވެސްޓްބީޗު އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީއާއި، ނާއިބު ރައީސްކަމަށް އައްޔަންކުރި ގ.ގޮފި އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތާއި، އިތުރު ތިން މެންބަރުންނެވެ. އެއީ މ. ފާމްދޭރިގެ ހުސައިން ޒައިދާން ޖަލީލާއި، މއ. ވިލާރޮދި އިސްމާޢީލް ސާޖިދާއި، ދަފްތަރު ނަންބަރު ރސ 7883 އަލްއުސްތާޛު އަޙްމަދު އަޝްރަފެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އަދި، އެއީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު 2020 ނޮވެންބަރު 28 ގެ ނިޔަލަށް ހަމަވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޓެކްސް އެޕީލް ޓައިބިއުނަލްއަށް މި ފަސް މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ފަސް ބޭފުޅުންނަށް ރުހުން ދެއްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.