ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ދައްކަވާ ވާހަތަކުގެ އިތުބާރު ގެއްލި މިއަދު ޖަމީލް ދައްކަވާ ވާހަތައް އަޑުއަހާނެ ސުއިއްޕެއްވެސް މިއުޑު ދަށުގައި ނެތްކަމަށް އެމްޓީސީސީގެ ސިއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެމްޓީސީސީ ހިމެނޭހެން ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތުތަކާއިއެކު ޑރ.ޖަމީލް ވަނީ މިސަރުކާރަށް ރައްޔިތުން އިތުބާރު ކުރަން ނުޖެހޭކަން މިކަންކަމުން ހާމަވާކަމަށެވެ. ޖަމީލް މި ޓުވީޓު ކުރެއްވީ ބައެއް ނޫސްތަކުގައި ކުންފުނިތަކުން ހިންގާފައިވާ އެކި ކޮރަޕްޝަންނާއި ނުފޫޒުގެ ހަބަރުތަކާއިއެކުގައެވެ.
ޖަމީލްގެ ޓުވިޓާއި ގުޅިގެން އާޒިމް ވިދާޅުވީ ޑރ.ޖަމީލަކީ މިއަދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅެއްކަމަށެވެ. ދައްކަވާ ވާހައެއްގައި އެއްގޮތަކަށް ނުހުރެވޭއިރު، އެއްގޮތެއްގައިވެސް ދެމި ނުހުރެވޭކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ޖަމީލްގެ ވާހަކަތަކަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާކަމަށެވެ.
ޑރ.ޖަމީލަށް ބުނެލަން އޮތީ މަނިކުފާނުގެ އަނގަތަށް ގިނަވެ، މަނިކުފާނުގެ އިތުބާރު ގެއްލި، ވިދާޅުވާ ބަހުގެ އަދި ދުލުގެ އިތުބާރު ގެއްލި، ތިޔަ ދައްކަވާ ވާހަކަ އަޑު އަހާނެ ސުއިއްޕެއްވެސް މި އުޑުދަށުގައި މިހާރަކު ނެތްވާހަކަ.
– އާދަމް އާޒިމް ވިދާޅުވިއެވެ.
މިއަދުގެ ޙަޤީޤަތް: @ibusolih ސަރުކާރުގެ މަތިފަޑި:
1. ފެނަކަ ސައީދު
2. ފިނޭންސް މިނިސްޓަރ އަމީރު
3. ސްޓެލްކޯ ޝަރީފް
4. އެމްޓީސީސީ އާޒިމްހަމައެކަނި މި މީހުންނަށް ބެލިޔަސް ރ. އިބްރާޙިމަށް އަދި ސިޔާސަތުތަކަށް ނޫނެކޭ ބުނަންޖެހޭ ސަބަބު ވަރަށް ސާފް. ދަޢުލަތް ފުނޑާލަައިފި. pic.twitter.com/MRIo1p4BCH
— Mohamed Jameel Ahmed (@MJameelAhmed) April 13, 2023
ޑރ.ޖަމީލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ނައިބް ރައީސްކަމުގަިއ ހުންނަވަނިކޮށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ނައިބް ރައީސްކަމުން ވަކިކުރަން އުޅުމުން ރާއްޖެއިން ބޭރަށް ވަޑައިގެން ރައީސް ޔާމީނަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށް، ބޮޑެތި ތުހުމަތުތަކެއް އެޅުއްވި ބޭފުޅެކެވެ. ނަމަވެސް ޑރ.ޖަމީލަކީ މިހާރު ރައީސް ޔާމީން ޖަލުން މިނިވަންކޮށް ވެރިކަމަށް ގެނައުމަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުންދާ ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ