"ބްލަޑީ ޑެޑީ" ގެ ޕޯސްޓަރެއް ދައްކާލައިފި

"ބްލަޑީ ޑެޑީ" ގެ ޕޯސްޓަރެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
14 އޭޕްރިލް 2023 08:12
0

ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ބްލަޑީ ޑެޑީ" ގެ ޕޯސްޓަރު ދައްކާލައި، އެ ޕްރީމިއާކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

މި ފިލްމް އަކީ މިހާރު ނިންމައި ޕޯސްޓް ޕްރޮޑަކްޝަންގެ މަރުހަލާގައި އޮތް ފިލްމެކެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ.

"ބްލަޑީ ޑޭޑީ" އަކީ ފްރާންސްގެ 2011 ގެ އެކްޝަން ތުރިލާ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓް) އަސްލަށް ބަލައިގެން އުފައްދައިފައިވާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

މި ފިލްމަކީ ޑިޓެކްޓިވެއްގެ ގޮތުގައި މަސައްކަތްކުރާ ބަފަޔަކު، ރަހީނު ކޮށްފައިވާ އޭނާގެ ދަރިފުޅު ސަލާމަތް ކުރުމަށްކުރާ ބިރުކުޑަ މަސައްކަތް ދައްކުވައިދޭނެ ފިލްމެކެވެ.

މި ފިލްމުގެ ބޮޑުބައި ޝޫޓް ކޮށްފައިވަނީ ޔޫއޭއީގައެވެ.ސިނަމާތަކުގެ ބަދަލުގައި މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އެ ޕްރޮޑިއުސްކުރި ޖިއޯ ސްޓޫޑިއޯސްގެ ސްޓްރީމިން ޕްލެޓްފޯމް، ޖިއޯ ސިނެމާގަ އެވެ. އެއީ ޖޫން މަހުގެ 9 ގަ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމު މިއަހަރު ނިމުމުގެ ކުރިން ބެލުންތެރިނަށް ގެެނެސްދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.